ކުޅިވަރު
އޮލިމްޕިސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތްލީޓަކަށް ދީމާ
ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފު ފާތިމަތު ދީމާ
ރާއްޖޭގެ ތާރީހުގައި އޮލިމްޕިކްސަށް ކޮލިފައިވި ފުރަތަމަ އެޓްލީޓުގެ ޝަރަފް ޒުވާން ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ހޯދައިފި އެވެ.

މި އާއެކު ދީމާ ވަނީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚުން ޖާގަ ހޯދާފައެވެ. އެގޮތުން ދީމާ ވެފައިވަނީ އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ އެތުލީޓަށެވެ.

އެހެން ފަހަރުތަކާ ޚިލާފަށް މި ފަހަރު ދީމާ މި ފުރުސަތު ހޯދީ ކޮލިފިކޭޝަން ބުރެއް ފަހަނައަޅައި ގޮސްގެންނެވެ. މީގެކުރިން ރާއްޖެއަށް މުޅިންވެސް އޮލިމްޕިކްސްއިން ފުރުސަތު ލިބިފައިވަނީ، ކޮލިފައިނުވާ ގައުމުތަކުގެ ތެރެއިން ލިބޭ އިންވިޓޭޝަނަލް ފުރުސަތެއްގެ ތެރެއިންނެވެ.

ދީމާ އޮލިމްޕިކްސްއިން ޖާގަ ހޯދީ ނޭޕާލުގައި ކުރިއަށްދިޔަ ކޮލިފިކޭޝަނުގެ ފައިނަލުގައި ސްރީ ލަންކާގެ ބަންޑާރާ ބިމަންދީ 4-1 ސެޓުން ބަލިކޮށްގެންނެވެ. މިއަދު ކުޅުނު މި މެޗުގެ ފުރަތަމަ ސެޓުގައި ދީމާ ވަނީ ބޮޑު އިތުބާރަކާއެކު 11-8 އިން ކާމިޔާބުކޮށްފައެވެ. ނަމަވެސް ދެވަނަ ސެޓުގައި ދީމާއަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައި، ބިމަންދީ ވަނީ 11-7 އިން ސެޓު ކާމިޔާބުކޮށްފަ އެވެ.

ރާއްޖޭގެ ތާރީހުގައި ކޮލިފައި ވެގެން އޮލިމްޕިކްސްގައި ވާދަ ކުރާނެ ފުރަތަމަ ކުޅުންތެރިޔާ އަށް ދީމާ ވެގެން ގޮސްފައިވާއިރު، ދީމާ ވަނީ ރާއްޖެއާއި ބޭރުގެ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް ގިނަ ރަންވަނަ ތަކެއް ހޯދާފަ އެވެ.

މި އަހަރު ޖުލައި 26 އިން އޯގަސްޓް 11 އަށް ފްރާންސްގެ ވެރިރަށް ޕެރިހުގައި ބާއްވާ އޮލިމްޕިކްސް ވެގެންދާނީ އުމުރުން 16 އަހަރުގެ ދީމާ މިހާތަނަށް ވާދަ ކުރާ އެންމެ ބޮޑު މަލްޓި ސްޕޯޓްސް ގޭމްސް އެވެ. އޭނާ ވަނީ 2021 ގައި ޓޭބަލް ޓެނިސް ވޯލްޑް ކަޕް ނުވަތަ ޗެމްޕިއަންޝިޕްގައި ވެސް ވާދަކޮށް، ޑަބަލްސް އިވެންޓްގެ މެޗެއް ކާމިޔާބުކޮށްފަ އެވެ.

އޮލިމްޕިކް، ޓްރޭނިން ސްކޮލާޝިޕެއްގެ ދަށުން، މިދިޔަ އަހަރު ފްރާންސްގައި ވެސް ތަމްރީނުތައް ހެދި ދީމާގެ ޓްރޭނިންތައް ފަހު ބަދަލު ކުރީ ކްރޮއޭޝިއާ އަށެވެ. އެ ގައުމުގައި އޭނާގެ ތަމްރީނުތައް ކުރިއަށް ގެންދަނީ، އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ޓީޓީ ޓީމަށް ކާމިޔާބު ހޯދައިދިން ކޯޗު ކޮރޮއޭޝިއާގެ ޒެވޯނިމިރް ކޮރެނިޗްގެ ބެލުމުގެދަށުންނެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު