ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަށް އިހުތިރާމުކޮށް ހަނގުރާމަތައް ހުއްޓާލަން ޖެހޭ: ޝާހިދު
އަލީ ރާޒީ
22 ޖެނުއަރީ 2022 - 14:13
0
comments
Tweet
Telegram
އޮލިމްޕިކް ސުލްހައިގެ އެއްބަސްވުން ހިފެހައްޓަން އދ. ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރަށް އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
އޮލިމްޕިކް ޓްރޫސް ނުވަތަ އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަކީ އޮލިމްޕިކް ގޭމާ ގުޅިގެން 18 ވަނަ ގަރުނުގައި ގްރީކްގައި ތައާރަފު ކުރި އޮލިމްޕިކް ގޭމްސްގެ މުހިންމު އަސާސެކެވެ. އެ އާދަ ދިރުވުމަށް 1992 ގައި ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީން ގޮވާލިއިރު މި އެއްބަސްވުމުގައި ގޮވާލަނީ އޮލިމްޕިކް ގޭމްސް ނިމެންދެން ހަނގުރާމަ އަދި ހަމަނުޖެހުންތަކުން ބަރީއަވާށެވެ.
އެހެންވެ، 1993 ގައި ފާސްކުރީ އޮލިމްޕިކް ފެށުމުގެ ހަތް ދުވަސް ކުރިންނާއި ކުޅިވަރުތައް ނިމި ހަތް ދުވަސް ވަންދެން އެއްވެސް ގައުމެއްގައި ހަނގުރާމަ ނުކުރުމަށެވެ.
2005 ވަނަ އަހަރުގެ ވާރލްޑް ސަމިޓް އައުޓްކަމްގައި، ކުޅިވަރުގެ ޒަރިއްޔާއިން ހަމަޖެހުމާއި ތަރައްޤީ ގެނެވޭނޭ ކަމަށް ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުން ފާހަގަކުރިއެވެ. އަދި އެކްޝަން ޕްލޭނެއް ހަދައި އާންމު މަޖިލީހުގައި މިކަމާއި ގުޅޭ އިތުރު މަސައްކަތް ކުރުމަށްވެސް ނިންމިއެވެ. މިގޮތުން 3 ނޮވެމްބަރ 2005ގައި އޮލިމްޕިކް ކުޅިވަރުތައް މެދުވެރިކޮށް ރައްކާތެރި އަމާން ދުނިޔެއެއް ބިނާކުރުމުގެ ނަމުގައި ޤަރާރެއް ފާސްކުރެވުނެވެ. އަދި ކޮންމެ ދެއަހަރަކުން އެއް އަހަރު ކޮންމެ އޮލިމްޕިކް ގޭމްސްއެއް ފެށުމުގެ ކުރިން މި ޤަރާރު އާކުރުމަށް ހަމަޖެހުނެވެ.
މިދިޔަ މަހުގެ ދެވަނަ ދުވަހު ގައި އދ އާންމު މަޖިލީހުން ގަރާރެއް ފާސްކޮށް މެމްބަރު ހުރިހާ ގައުމުތަކުން އޮލިމްޕިކް ސުލްހައިގެ އެއްބަސްވުގައި ހިފެހެއްޓުމަށް ވަނީ ނިންމާފައެވެ.
އެގޮތުން މިފަހަރު ޗައިނާގައި ބާއްވާ އޮލިމްޕިކް ގޭމްސް ފެށެން ހަފްތާއެއްހާ ދުވަހުގެ ކުރިން ހުރިހާ ހަނގުރާމައެއް ހުއްޓާލައި، އަދި ކުޅިވަރުތައް ނިމި ހަފްތާއެއް ވަންދެން ދުނިޔޭގެ އެއްވެސް ގައުމަކުން ހަނގުރާމައެއް ނުކުރުމަށް އެދި މެމްބަރު ގައުމުތަކުން ވަނީ ގަރާރު ފާސްކޮށްފައެވެ.
އދ. އާއި އޮލިމްޕިކް ގޭމްސްގައި ހުރި އެއްގޮތް މަގްސަދުތައް ހާމަކުރުމުގެ ގޮތުން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން ވަނީ އޮލިމްޕިކް ސްޓޭޑިއަމް އާއި އޮލިމްޕިކް ވިލެޖްތަކުގައި އދ.ގެ ދިދަ ވިހުރުވާލަންވެސް ނިންމާފައެވެ.
އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، ޝާހިދު، އދ. ގެ މެމްބަރު ގައުމުތަކުގައި އެދިވަޑައިގަތީ އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަށް ދޭ އަހައްމިއްޔަތުކަން ދައްކައި ދިނުމަށާއި، މި ޓްރޫސްގެ މައްޗަށް ބިނާކޮށް ސުލްހަ އާއި އަމާންކަމުގެ ސަގާފަތެއް ކުރިއެރުވުމަށާއި، އަދި އެ ސަގާފަތް އިތުރަށް ހަރުދަނާ ކުރުމަށް، ގައުމީ، ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުމަށެވެ.
ޝާހިދުގެ ގޮވާލެއްވުމަކަށްވީ ގަދީމީ ޒަމާނުގައި އަސްލު އޮލިމްޕިކް އެއްބަސްވުމުގައި ހިމެނިފައިވާ ކަންކަމަށް ރިޢާޔަތްކޮށް ފާސްކޮށްފައިވާ ސުލްހައިގެ ޤަރާރުގައިވާ ގޮތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަތިޔާރާ އެކު މިހާރު ހިނގަމުންދާ ހަނގުރާމަތައް ހުއްޓާލުމަށާއި ސުލްހަވެރިކަމާ އެކު މައްސަލަ ހައްލުކުރުމަށް ފުރުސަތު ފަހިކޮށްދިނުމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
22 ދުވަސް ކުރިން
0
އެއްބުރުން ރައީސަކު ހޮވަން ޝާހިދު ދެކޮޅު، ވިދާޅުވީ ދެވަނަ ބުރު އުވާލަނީ ވޯޓު އޮޅުވާލަން ކަމަށް
6 މަސް ކުރިން
0
2028އާ މެދު ގޮތެއް ނިންމަން އަދި އަވަސް: ޝާހިދު
6 މަސް ކުރިން
0
ކައުންސިލްތަކަށް ދޭން ޖެހޭ ބަޖެޓުގެ ބައެއް އުނިކޮށްލުމަކީ، ލާމަރުކަޒީ ނިޒާމު ނެތިކޮށްލުން: ޝާހިދު
7 މަސް ކުރިން
0
ފެންނަނީ ޑިޕްލޮމަސީގައި ސަރުކާރުގެ ތަޖުރިބާ ނެތްކަން: ޝާހިދު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އުރީދޫ ނޭޝަން އިންޓަ ރިސޯޓް އީސްޕޯޓްސް ޓޯނަމަންޓް ނިންމާލައިފި
27 މިނެޓް ކުރިން
0
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުންދިޔައީ ސުއޫދު: އުޝާމް
32 މިނެޓް ކުރިން
0
މިނިސްޓަރު ހަލީލް ކުވައިތަށް ފުރާވަޑައިގެންފި
2 ގަޑިއިރު ކުރިން
0
ނަޑެއްލާ އިން ގެއްލުނު މީހާ ފެނިއްޖެ
2 ގަޑިއިރު ކުރިން
0