ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އެއްބުރުން ރައީސަކު ހޮވަން ޝާހިދު ދެކޮޅު، ވިދާޅުވީ ދެވަނަ ބުރު އުވާލަނީ ވޯޓު އޮޅުވާލަން ކަމަށް
އަހުމަދު ނިހާން
21 އޭޕްރީލް 2025 - 10:22
0
comments
Tweet
Telegram
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓަކަށް ދިއުމަކީ ވޯޓުލާ އާބާދީގެ ގިނަ ބައެއްގެ ހައްގުތަކަށް ހުރަސް އެޅިދާނެ ކަމަށް ވިދާޅުވެ، ޕްރިފެރެންޝަލް ވޯޓިން އަކަށް ދިއުމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ދެކޮޅު ހައްދަވައިފި އެވެ.
އަބްދުﷲ ޝާހިދު "
ޕްރިފެރެންޝަލް ވޯޓިން އަކަށް"
ދެކޮޅު ހެއްދެވީ މިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިންއަށް ދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެންބަރުން ތާއީދުކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައި ވަނިކޮށެވެ.
ޝާހިދު އެކްސްގައި މިއަދު ވިދާޅުވީ ވޯޓުލާ ނިޒާމަށް ބަދަލު ގެންނަން މިހާރު ދައްކާ ވާހަކަތަކަކީ ވޯޓުގުނުން އެތައް ބުރަކަށް ދަންމާލައި ފޮށިތައް މާލެ ގެނެސް ވޯޓު އޮޅުވާލުމަށް ރާވާ ރޭވުމެއް ކަމަށެވެ.
"މި ސޮއްސާލަނީ [ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި އޮތް] ކުޑަ ކާފު ބޮޑު ކާފުގެ ޒަމާނަށް، ކިތަންމެ މޮޅު ނަމެއްކިޔަސް އިޚްލާސްތެރި ކަމުގެ ޒައްރެއް ވެސް ނެތް. ނިޔަތަކީ ވޯޓު ފޮއްޓަށް އަތްބޭނުން. ވޯޓު އޮޅުވާލުން،" މައުމޫނުގެ ސަރުކާރުގައި ވެސް ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު ލިއުއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ގޮވާލެއްވީ ސަރުކާރުން ގެންނަން މަސައްކަތްކުރާ ބަދަލަށް، ފެންނަ ނުފެންނަ ވޯޓުގައި ތާއީދު ނުކުރުމަށެވެ.
"ވޯޓު ގުނަންވާނީ ވޯޓުލީ މަރުކަޒެއްގައި އެންމެންގެ ކުރިމަތީގައި. ވޯޓުގެ %50 + 1 ނުވަތަ ވޯޓުލީ މީހުންގެ ސާފު އަޣްލަބިއްޔަތު ލިބެން ޖެހޭނެ،" ޝާހިދު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ބާއްވާ ގޮތް ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެ މަނިކުފާނުގެ އަމިއްލަފުޅު ވިސްނުމަކީ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ނުގޮސް ފުރަތަމަ ބުރާ ހިސާބުން ބޭފުޅަކު ކަނޑައެޅުމެވެ. އެހެންވެ، ޕްރިފަރެންޝަލް ނިޒާމަކަށް އަމަލުކުރަން މިހާރު ވެސް އެޓާނީ ޖެނެރަލް އޮފީހުން އަންނަނީ ދިރާސާތައް ކުރަމުން ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ވިދާޅުވި އެވެ.
"މާނައަކީ އެއްބުރުން [ރިޔާސީ އިންތިހާބު] ނިމޭނެ. އެއްބުރުން އެއްވަނަ، ދެވަނަ ސާފުވާ ގޮތަށް، އަޅުގަނޑު ހިތުން ބައެއް ގައުމުތަކުގައި، އަވައްޓެރި ބައެއް ގައުމުތަކުގައި ވެސް އޮވޭ އެހެން. އެކަމަކު، ދިރާސާ ކޮށްފައި އަޅުގަނޑު ގަސްދުކުރަން އެއީ އަޅުގަނޑުމެންގެ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ވަންޏާ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އެކަން އެދޭ ކަމަށް ވަންޏާ ދެން އަންނަ ރިޔާސީ އިންތިހާބުން ފެށިގެން ދެ ބުރު ނޯންނަ ގޮތަށް، އެއްބުރުން މީހަކު ހޮވައި ނިންމޭ ގޮތަށް ކަންކަން ބަދަލުކުރަން،" ރައީސް އޭރު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި އޭރުން ހަރަދު ވެސް ކުޑަކުރެވޭނެ އެވެ. ރައީސް މުއިއްޒު ވިދާޅުވީ، އެފަދަ ބައެއް މުހިންމު ކަންކަން ތައާރަފު ކުރުމަށްޓަކައި ރައްޔިތުންގެ ގާތު އަހައިގެން ނިންމުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ގަޑިއިރު ކުރިން
0
ދައުލަތް ދެމެހެއްޓުމުގެ މަސައްކަތް ކުރާނީ ސިފައިން: ރައީސް
4 ގަޑިއިރު ކުރިން
0
ރިޔާސީ އިންތިހާބުގެ އެއްބުރު ބާއްވަން ފައްޔާޒު ދެކޮޅު
4 ގަޑިއިރު ކުރިން
0
ވަކާލާތު މިކުރަނީ ޕްރެފަރަންޝަލް ނިޒާމަކުން ވެރިއަކު ހޮވަން: ރައީސް
1 ދުވަސް ކުރިން
0
ރައީސް، ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އެއްބުރުން ރައީސަކު ހޮވަން ޝާހިދު ދެކޮޅު، ވިދާޅުވީ ދެވަނަ ބުރު އުވާލަނީ ވޯޓު އޮޅުވާލަން ކަމަށް
4 ގަޑިއިރު ކުރިން
0
ދައުލަތް ދެމެހެއްޓުމުގެ މަސައްކަތް ކުރާނީ ސިފައިން: ރައީސް
4 ގަޑިއިރު ކުރިން
0
އިންތިހާބު އެއްބުރަށް ހެދުމަކީ ފައިދާ ވާނެ ގޮތެއް ނޫން: ފައިސަލް
4 ގަޑިއިރު ކުރިން
0
ރިޔާސީ އިންތިހާބުގެ އެއްބުރު ބާއްވަން ފައްޔާޒު ދެކޮޅު
4 ގަޑިއިރު ކުރިން
0