ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ދައުލަތް ދެމެހެއްޓުމުގެ މަސައްކަތް ކުރާނީ ސިފައިން: ރައީސް
އަލީ ރާޒީ
21 އޭޕްރީލް 2025 - 10:17
0
comments
Tweet
Telegram
ދިވެހި އަސްކަރީންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު ދިވެހީންގެ މިނިވަންކަމަކަށް އިރުއޮއްސުމެއް ނެތް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރާ ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބެއްގައި ރައީސް ވަނީ ސިފައިންނަށާއި ސިފައިންގެ އާއިލާތަކަށް އަދި މީގެ ކުރިން އަސްކަރިއްޔާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފަ އެވެ.
ރައީސްގެ ހިތޯބުގައި ވިދާޅުވީ ދިވެހި ގައުމު މިއަދާއި ހަމައަށް ދެމިއޮތީ ގައުމުގެ މިނިވަންކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް ބަޔަކުވީ ގުރުބާނީގެ ސަބަބުން ކަމަށެވެ.
ކޮންމެ ނަމެއް ކޮންމެ ޒަމާނަކު ކީ ނަމަވެސް، މި ގުރުބާނީގެ ފަހަތުގައި އެންމެ މުހިންމު ދައުރެއް އަބަދު ވެސް އަދާކުރީ، މިހާރު ކިޔާ ގޮތުން ނަމަ އަސްކަރިއްޔާ އިން ނުވަތަ ސިފައިން ކަމަށްް ރައީސްގެ ހިތޯބުގައި ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ގައުމަށް ދިމާވި ކޮންމެ ބޮޑުކަމަކާއި ކޮންމެ އުނދަގޫ ވަގުތަކު، ދިވެހީންނަށްޓަކައި ދަލާއި ލޭ އޮހޮރުވައި، ރެޔާއިދުވާލު ވަރުބަލިވުމެއް ނެތި ބުރައުފުލުމުގައި އިސްނެގީ ދިވެހި ސިފައިން ކަމުގަ އެވެ.
"ދިވެހި ސިފައިންގެ މުލައްދަނޑިތަކުގައި ގައުމީ ލޭ ދައުރުވާހައި ހިނދަކު، ދިވެހި އަސްކަރީންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު އިރާދަކުރެއްވިއްޔާ ދިވެހީންގެ މިނިވަންކަމަކަށް، ދެމިތިބުމަކަށް، އިރުއޮއްސުމެއް ނެތް" ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.
ރައީސް ވަނީ ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ މިނިވަން ދައުލަތެއްގެ ގޮތުގައި މި ގައުމު ދެމިއޮތުންކަމަށާއި ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ގުރުބާނީއާއި ނުގުޑާ އަޒުމުން ކަމުގައި ވިދާޅުވެފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ގަޑިއިރު ކުރިން
0
އެއްބުރުން ރައީސަކު ހޮވަން ޝާހިދު ދެކޮޅު، ވިދާޅުވީ ދެވަނަ ބުރު އުވާލަނީ ވޯޓު އޮޅުވާލަން ކަމަށް
4 ގަޑިއިރު ކުރިން
0
ވަކާލާތު މިކުރަނީ ޕްރެފަރަންޝަލް ނިޒާމަކުން ވެރިއަކު ހޮވަން: ރައީސް
1 ދުވަސް ކުރިން
0
ރައީސް، ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި
1 ދުވަސް ކުރިން
0
އައިޔޫއެމްގެ އާ އިމާރާތަށް ބިމެއް ހަމަޖައްސައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އެއްބުރުން ރައީސަކު ހޮވަން ޝާހިދު ދެކޮޅު، ވިދާޅުވީ ދެވަނަ ބުރު އުވާލަނީ ވޯޓު އޮޅުވާލަން ކަމަށް
4 ގަޑިއިރު ކުރިން
0
ދައުލަތް ދެމެހެއްޓުމުގެ މަސައްކަތް ކުރާނީ ސިފައިން: ރައީސް
4 ގަޑިއިރު ކުރިން
0
އިންތިހާބު އެއްބުރަށް ހެދުމަކީ ފައިދާ ވާނެ ގޮތެއް ނޫން: ފައިސަލް
4 ގަޑިއިރު ކުރިން
0
ރިޔާސީ އިންތިހާބުގެ އެއްބުރު ބާއްވަން ފައްޔާޒު ދެކޮޅު
4 ގަޑިއިރު ކުރިން
0