ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރު ޝިފާޒު ސަސްޕެންޑުކޮށްފި
އައިމިނަތު ޝިޔާޒާ
22 މެއި 2024 - 12:15
0 comments
ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރު ޝިފާޒު
އަހުލާގީ ބައެއް މައްސަލަތަކަކާ ގުޅިގެން ޝަކުވާތައް ބޮޑުވެ، ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޝިފާޒު (ފޮޓޯގައި) މަގާމުގެ ޒިންމާއިން އެކަހެރިކޮށް ސަސްޕެންޑް ކޮށްފި އެވެ.އެ މިނިސްޓްރީގެ ޕަބްލިކް ރިލޭޝަންސް އިން އިސްމާއިލް އަޒްމީން ވިދާޅުވީ މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ޝިފާޒު ސަސްޕެންޑުކުރެއްވީ ސިޔާސީ މުވައްޒަފުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުވުމުން ކަމަށެވެ.ނަމަވެސް، ސުލޫކީ މިންގަނޑާ ހިލާފުވީ ކޮން ކަމެއް ކޮށްގެން ކަމެއް އަދި ސާފެއް ނުވެ އެވެ. އަދި އޭނާ ސަސްޕެންޑުކުރީ މުސާރަ ލިބޭ ގޮތަށް ކަމެއް އަދި ނޭނގެ އެވެ.ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު މިހާރުވެސް ސަސްޕެންޑްކޮށްފައި އެބަތިއްބެވެ. އެއީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ ތެރޭގައި ހިމެނޭ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފްގެ އިތުރުން މަހުޒޫމް މާޖިދު އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ސޯޝަލްމީޑިއާގައި ޕޯސްޓް ކުރެއްވުމާ ގުޅިގެން މި ތިން ބޭފުޅުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ސަސްޕެންޑް ކުރީ މުސާރަ ލިބޭ ގޮތަށެވެ.
ކިޔުންތެރިންގެ ޝުއޫރު