ވިޔަފާރި
ތިލަފުށީގައި ހުރި އުޅަނދުތަކަކާއި ބައެއް ތަކެތި ނަގަން އަންގައިފި
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އަމިއްލަ ބިމެއްގައި ހުރި އުޅަނދުތަކާއި އެހެނިހެން ތަކެތި ނެގުމަށް އެ ކުންފުން އަންގައިފި އެވެ.

ތިލަފުށި ބަލަހައްޓާ ކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބިން ކުއްޔަށް ނެގި ފަރާތުން އެ ބިމުގައި މަސައްކަތް ފަށާފައިވާތީ އެ ތަނުގައި ހުރި އުޅަނދުތަކާއި ތަކެތި ވީހާވެސް އަވަހަށް ނެގުމަށް އެދޭ ކަމަށެވެ.

އެޗްޑީސީގެ އިއުލާންގައި ވަނީ އެ ތަނުގައި ހުރި އުޅަނދުތަކާއި ތަކެތީގެ މައުލޫމާތާއި އުޅަނދުތަކުގެ ނަންބަރުވެސް އާންމުކޮށްފައިވެ އެެވެ.

އޭގެ އިތުރުން 15 ދުވަހުގެ ތެރޭގައި އެ ބިމުގައި ހުރި ތަކެތި ނަގާފައިނުވާނަމަ، އެ އުޅަނދުތަކާއި ތަކެއްޗާއި މެދު އެ ކޯޕަރޭޝަނަށް ފެންނަ ގޮތަކަށް އަމަލުކުރެވޭނެކަމަށް އެޗްޑީސީން ބުނެ އެވެ.

ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރި އާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުތައި ތަރައްގީކުރާ މައި މަރުކަޒެވެ.

ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ އެރަށުގައި ސިމެންތި ބަންދުކުރުމާއި، ގޭސް ފުޅިތަކަށް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު