ޚަބަރު
މަރުވި މީހާ ގައިގައި ޖެހުނު ލޯންޗުގެ ކެޕްޓަންގެ ބަންދަށް 15 ދުވަސް
ފާނަ މަސްވެރިކަމަށް ފައިބާ އުޅެނިކޮށް ލޯންޗުން ޖެހި މަރުވި މީހާ އޮތް ސަރަހައްދުގައި ލޭތައް.--
އދ. ދަނގެތި ކައިރީގައި ފާނަ ބާނަން އުޅުނު މީހެއް ގައިގައި ލޯންޗަކުން ޖެހި މަރުވި މައްސަލައިގައި ހައްޔަރުކުރި ލޯންޗު ދުއްވި މީހާގެ ބަންދު މުއްދަތު ޖަހައިފި އެވެ.

އިއްޔެ ހެނދުނު ފާނަ ބާނަން ދަނގެތި ކައިރިއަށް ފައިބައި އޮތް ބިދޭސީ މީހާގެ ގައިގައި ލޯންޗުން ޖެހި، އެ މީހާ ވަނީ މަރުވެފަ އެވެ.

ލޯންޗު ދުއްވަން އިން މީހާ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. 

އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމަރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި މައްސަލައިގައި ނިޔާވެފައިވަނީ ބިދޭސީ ފިރިހެނެކެވެ. އަދި ހައްޔަރު ކޮށްފައިވަނީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ އެ އިދާރާއިން މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު