ޚަބަރު
ފަސްޓް ލޭޑީ ސާޖިދާގެ ދޮންބައްޕާފުޅު އަވަހާރަވެއްޖެ
ރައީސް، މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުގެ ދޮންބައްޕާފުޅު އަލީ އިބްރާހީމް
ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ބައްޕާފުޅުގެ މަގާމުގައި ހުންނެވި އަލީ އިބްރާހީމް އަވަހާރަވެއްޖެ އެވެ. އަލީ އިބްރާހިމް އަކީ ސާޖިދާގެ ދޮންބައްޕާފުޅު ވެސް މެ އެވެ.

ސާޖިދާގެ ދޮން ބައްޕާފުޅު، އަލީ އިބްރާހިމް، ގުލްޝަންކިނާރާ/ދ. މީދޫ އަވަހާރަވީ ރޭ ފަތިހު އެވެ. އަވަހާރަވި އިރު އޭނާގެ އުމުރަކީ 78 އަހަރެވެ.

އަލީ އިބްރާހިމްގެ މޫނު ދެއްކުމާއި ކަށުނަމާދު އޮންނާނީ އިސްލާމީ މަރުކަޒުގަ އެވެ. ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު އެވެ. ފަސްދާނުލުމަށް ހަމަޖެހިފައިވަނީ މއ. އާސަހަރާގަ އެވެ.

ރައީސް މުއިއްޒު ވަނީ އަލީ އިބްރާހިމްގެ ކަށުނަމާދުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވެދިނުމަށް އެދިވަޑައިގެންފަ އެވެ. މެޑަމް ސާޖިދާގެ ދޮންބައްޕާފުޅު އަވަހާރަވުމުން ސަރުކާރުގެ މައި ޕާޓީ، ޕީޕީއެމް/ޕީއެންސީން ވަނީ ތައުޒިޔާ ކިޔައިފަ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު