ދުނިޔެ
ހިޒްބުﷲގެ ވެރިޔާ ނަސްރުﷲ އަވަހާރަކޮށްލައިފި
ހިޒްބުﷲ ގެ ވެރިޔާ ނަސްރުﷲ: އިޒްރޭލްގެ ހަމަލާއެއްގައި އޭނާ ރޭ ވަނީ އަވަހާރަކޮށްލާފައި
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ލުބްނާނުންގެ ހަނގުރާމަވެރި ޖަމާއަތް ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲ އަށް އަމާޒުކޮށް އިޒްރޭލުން ރޭ ދިން ހަމަލާއެއްގައި އޭނާ އަވަހާރަ ކޮށްލައިފި އެވެ.

ހިޒްބުﷲ އިން ދާދި ދެންމެއަކު ނެރުނު ބަޔާނެއްގައި އެގޮތަށް ބުނީ، ނަޞްރުﷲ އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލު ސިފައިން ބުނެފައިވަނިކޮށެވެ.

އިސްރާއީލުން އަވަހާރަކޮށްލަފާނެ ކަމުގެ ބިރު އޮތުމުން އާންމު ތަންތަނުން ނުފެންނަތާ އަހަރުތަކެއް ވެފައިވާ ނަޞްރުالله އަކީ މެދުއިރުމަތީގެ އެންމެ މަޝްހޫރު އަދި އެންމެ ނުފޫޒުގަދަ އެއް ޝަހުސިއްޔަތެވެ.

ނަޞްރުﷲ އަވަހާރަކޮށްލުމާ ގުޅިގެން ލުބުނާނުން އިސްރާއީލަށް ދެން ދޭނީ ކިހާވަރެއްގެ ރައްދެއްކަން ސާފު ނުވާ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ހިޒްބުﷲއާ ގާތް މީހަކާ ހަވާލާދީ އަލް އަހްރަމް ނޫހުން ބުނީ ހުކުރު ދުވަހުގެ ހަވީރުން ފެށިގެން ނަޞްރުاللهއާ ގުޅުން ކެނޑިފައިވާ ކަމަށެވެ.

ހިޒްބުﷲ އިން ބުނީ ނަސްރުﷲ އަވަހާރަކޮށްލި ނަމަވެސް ފަލަސްތީނުގެ ހައްގުގައި އެ ޖަމާއަތުން ކުރަމުންދާ މަސައްކަތަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށެވެ.

ނަސްރުﷲ އަވަހާރަކޮށްލިއިރު، ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއިލް ހަނިއްޔާ ވެސް އީރާނުގައި ހުންނަވަނިކޮށް ދިން ބޮމުގެ ހަމަލާއެއްގައި މިދިޔަ ޖުލައި މަހު ވަނީ އަވަހާރަކޮށްލައިފަ އެވެ. އޭނާ އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމަށް އިޒްރޭލުން ރަސްމީކޮށް މިހާތަނަށް އެއްބަހެއް ނުވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު