ޚަބަރު
ފަލަސްތީނަށް ފައިސާ ފޮނުވިކަން ކަށަވަރު ކޮށްދީފި
"ފަލަސްތީނާ އެކު ދިވެހީން" ނަމުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ކުރިއަށް ގެންދިޔަ ޓެލަތޯނުން ލިބުނު 19 މިލިއަން ރުފިޔާ، މިދިޔަ އޮގަސްޓް މަހު ފަލަސްތީން ރައްޔިތުންނަށް އެހީވާ ފަންޑަށް ހަވާލުކޮށްފައި ވާކަމަށް ބުނެ ފޮރިން މިނިސްޓްރީން ރޭ ރަސީދުތައް ހާމަކޮށްފި އެވެ. މި ޓެލަތޯނަށް ދިވެހީން ވަނީ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަދިޔާ ކޮށްފަ އެވެ.

ފޮރިން މިނިސްޓްރީން ވަނީ ޓެލެތޯނުން ލިބުނު ފައިސާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާރކްސް އޭޖެންސީ ފޯ ޕަލަސްތީނިއަން ރެފިއުޖީޒް (އަންރުވާ) އަށް ފޮނުވުމާ ގުޅޭ ތަފްސީލްތައް ހިމަނާ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީ ޓެލެތޯނުން ލިބުނު ފައިސާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާރކްސް އޭޖެންސީ ފޯ ޕަލަސްތީނިއަން ރެފިއުޖީޒް (އަންރުވާ) އަށް އޮގަސްޓް 20، 2024 ގައި ފޮނުވާފައިވާ ކަމަަށެވެ.

އަދި ބުނީ ޓެލެތޯނަށް ލިބުނު ފައިސާ އަދަދު ވަނީ އޮޑިޓް ފާމްއެއް ކަމުގައިވާ ކްރޯ މޯލްޑިވްސް އެލްއެލްޕީ އިން ކޮންފާމް ކޮށްފައި ކަމަށެވެ. 

މި ތަފްސީލް ސަރުކާރުން މި ހާމަކުރީ ޓެލެތޯން ފަައިސާ ފޮނުވިކަން ކަަށަވަރު ކޮށް ދިނުމަށް އެދި މަޖީލިހަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ހާޒިރުކުރުމަށް ހުށައަޅާފައި ވަނިކޮށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު