ވިޔަފާރި
ހަވާ އެރުވުމާ އެކު އެމްއައިބީގެ ހާއްސަ އިވެންޓެއް މާދަމާ ރޭ
މޯލްޑީވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާދަމާ ރޭ ހަވާ އެރުވުމާ އެކު ހުޅުމާލޭގައި ބޮޑު ހަރަކާތެއް ބާއްވަން ނިންމައިފި އެވެ.

އެމްއައިބީން ބުނީ ސެންޓްރަލް ޕާކްގައި ބާއްވާ އެ ހަރަކާތަކީ އެ ބޭންކްގެ އާ ޕްރޮޑަކްޓްތަކެއް އިއުލާން ކުރުމަށް ބާއްވާ ހަރަކާތެއް ކަމަށެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި މި އިވެންޓް ބާއްވަނީ އެމްއައިބީގެ އާ ޕްރޮޑްކްޓުތަކެއް ލޯންޗުކުރުމަށެވެ. އިވެންޓް އޮންނާނީ ހުކުރުދުވަހުގެ ރޭ 8:30 ގަ އެވެ. މި އިވެންޓުގައި 8:30 އާއި 9:00 އާ ދެމެދު ހަވާ އަރުވަން ވެސް ވަނީ ހަމަޖެހިފަ އެވެ.

އޭގެއިތުރުން، އެމްއައިބީން ބުނީ ހުކުރު ދުވަހު ކުޑަ ކުދިންނަށް ހާއްސަކޮށްގެން ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ހަވީރު ކުރިއަށްދާނީ 4:30 އިން 6:00 ޖެހުމާ ހަމައަށް ސެންޓްރަލް ޕާކުގަ އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެސެޓް ވެލިއު ނިމިދިޔަ ކުއާޓަރުގައި 10.42 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.

އެމްއައިބީއިން ވަނީ މި ކުރިއެރުމާއެކު ތިންވަނަ ކުއާޓަރު ނިމުނުއިރު، ސާފު ފައިދާގެ ގޮތުގައި 81.71 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ބުނެފައެވެ. އެއީ ނިމިދިޔަ އަހަރާ އަޅާބާލާއިރު 53.76 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ތަފާސްހިސާބުން ދައްކައެވެ.

މި އަހަރުގެ ހުރިހާ ކުއާޓަރެއްގައިވެސް ބޮޑު ކުރިއެރުމެއް އެމްއައިބީއިން ހޯދަމުން އަންނައިރު އެބޭންކުން ދަނީ ޓެކްނޮލޮޖީގެ އެހީގައި ބޭންކު ހިންގުމަށް ޒަމާނީ ބަދަލުތަކެއް ވެސް ގެންނަމުންނެވެ.

އެގޮތުން ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމާއި އުޖާލާ ފައިނޭންސިންގެ ހުރިހާ ކަމެއް އޮންލައިންކޮށް ކުރެވޭ ގޮތަށް ބަދަލު ކުރުމުގެ އިތުރުން ބޭންކުގެ ބްރާންޗްތައް އިތުރު ކުރުމާއެކު ބޭންކުގެ ޚިދުމަތް ހޯދުމަށް ފަސޭހަވާނެ ގޮތްތައް ތައާރަފުކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު