ވިޔަފާރި
ގަވަރުނަރު ހުރިހާ ބޭންކްތަކާއި ބައްދަލުކޮށްފި
އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ރާއްޖޭގެ ހުރިހާ ބޭންކުތަކާ ބައްދަލުކުރައްވައިފި އެވެ.

އެމްއެމްއޭ އިން ބުނީ މި ބައްދަލުވުންތަކުގައި ބޭންކްތަކާއި އޮންނަ ގުޅުން މިހާރަށް ވުރެ ރަނގަޅު ކުރުމަށާއި މާލީ ދާއިރާގެ ތަރައްގީއަށް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެވުނު ކަމަށެވެ.

ރާއްޖޭގެ މާލީ ދާއިރާ އަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭން މަސައްކަތްކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މުނައްވަރު ވަނީ ވިދާޅުވެފަ އެވެ. އަދި ޖީޑީޕީގެ ނިސްބަތުން މިހާރު މާލީ ދާއިރާއަކީ 6 ޕަސެންޓް ކަމަށާއި އަމާޒަކީ ފަސް އަހަރުގެ ތެރޭގައި އެ އަދަދު ދެގުނަ ކުރުން ކަމަށް ވެސް މުނައްވަރު ވަނީ ވިދާޅުވެފަ އެވެ.

ގަވަރުނަރުގެ މަގާމަށް ވަޑައިގެން ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތު ރަނގަޅު ކުރުމަށް ގަވަރުނަރު ދަނީ އެކި ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުންނެވެ.

އެމްއެމްއޭއިން ބައްދަލުކޮށްފައިވަނީ:

  • ބޭންކް އޮފް މޯލްޑިވްސް

  • މޯލްޑިވްސް އިސްލާމިކް ބޭންކް

  • ބޭންކް އޮފް ސިލޯން

  • މޮރިޝަސް ކޮމާޝަލް ބޭންކް

  • ހަބީބް ބޭންކް

  • އެޗްއެސްބީސީ

  • ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް

ގަވަރުނަރާއި އެމްއެމްއޭގެ އިސް ބޭފުޅުން ރާއްޖޭގެ ހުރިހާ ބޭންކުތަކާ ބައްދަލުކުރެއްވިއިރު، ވަގުތުން ވަގުތަށް ބޭނުންކުރެވޭ ގޮތަށް ހުންނަ ޔޫޒެބުލް ނުވަތަ ބޭނުންކުރެވޭ ރިޒާވް މި މަސް ތެރޭ އެކީ ހުސްވާނެ ކަމަށް އެމްއެމްއޭއިން ވަނީ ލަފާކޮށްފަ އެވެ.

ކުރިން ފިނޭންސް މިނިސްޓަރުކަން ކުރެއްވި މުނައްވަރު ގަވަރުނަރުގެ މަގާމަށް އައްޔަން ކުރެއްވީ 31 ޖުލައިގަ އެވެ. އޭނާ ވަނީ 1999 އިން 2014 ވަނަ އަހަރާ ހަމައަށް އެމްއެމްއޭގައި މަސައްކަތް ކުރައްވައިފަ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު