ވިޔަފާރި
ބީއެމްއެލް އިސްލާމިކްއިން އައިޔޫއެމްގެ ސަނާބިލް އިމާރާތަށް އެއްކޮށް އިންވެސްޓްކޮށްފި
ބީއެމްއެލް އާއި އައިޔޫއެމްއާ ދެމެދު އިންވެސްޓްމަންޓް އެއްބަސްވުން ބަދަލުކުރަނީ. ފޮޓޯ/ބީއެމްއެލް
މަތީ ތައުލީމަށް ހާއްސަކޮށްގެން އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހުޅުމާލޭގައި އަޅަން ނިންމާފައިވާ ހަތް ބުރީގެ އިމާރާތްކުރުމަށް ހިންގާ ސަނާބިލް ޕްރޮޖެކްޓަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް އިން ބޮޑު އިންވެސްޓްމަންޓެއް ކޮށްފި އެވެ.

ބީއެމްއެލް އިސްލާމިކް އިން އަންނަނީ އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި މުއައްސަސާތަކަށް އީޖާދީ އަދި ކަސްޓަމަރުން ބޭނުންވާ ފަދަ ޝަރުއީ ހަމަތަކަށް މާލީ ހައްލު ފޯރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ މަތީ ހަރުފަތުގައި ހިދުމަތް ދެމުންނެވެ. 

މިދިޔަ ޖޫން މަހު އައިޔޫއެމް އިން ހުޅުވާލި ސަނާބިލް ސުކޫކަށް އެއްފަހަރާ ސަބްސްކްރައިބްކުރުމާއެކު، ބީއެމްއެލް އިސްލާމިކް ވެފައިވަނީ އިދާރާއަކުން ދޫކުރި އިސްލާމިކް ކެޕިޓަލް މާކެޓް އިންސްޓްރޫމެންޓަކަށް އިންވެސްޓްކުރި ރާއްޖޭގެ ފުރަތަމަ ބޭންކަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓާ އޮފް އިސްލާމިކް ބޭންކިން ހަސަން ކަލާމް ވިދާޅުވީ މި އިންވެސްޓްމަންޓަކީ އިސްލާމިކް ބޭންކިން އަދި ފައިނޭންސިން ދާއިރާ ކުރިއަރުވައި އިސްލާމީ ތައުލީމު ކުރިއެރުވުމަށް ބީއެމްއެލް އިސްލާމިކް އިން ސާބިތުކަމާއެކު ތިބިކަމުގެ ވަރުގަދަ ހެއްކެއް ކަމަށެވެ.

"މި ޕްރޮޖެކްޓްގެ ސަބަބުން ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ އާއި ރާއްޖޭގެ ރައްޔިތުންނަށް ގިނަ ގުނަ ފައިދާތަކެއް ލިބިގެންދާނެ. އަދި ހަމައެހެންމެ އިލްމީ އިގްތިސާދެއް ގާއިމްކުރުމަށް އެހީވެގެންދާނެ." ހަސަން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު