ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ސަރުކާރެއްގެ އަމާޒުތައް ހާސިލް ކުރަން ސިވިލް ސާވިސް މުހިންމު ދައުރެއް އަދާ ކުރާ
އަހުމަދު ނިހާން
09 ޖޫން 2024 - 15:04
0
comments
Tweet
Telegram
ސަރުކާރެއްގެ އަމާޒުތައް ހާސިލް ކުރުމަށްވެސް ސިވިލް ސާވިސްއިން މުހިންމު ދައުރެއް އަދާ ކުރާ ކަމަށް ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، 4 ވަނަ ސިވިލް ސާވިސް ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމީއްޔާތު ޝަރަފުވެރިކޮށްދެއްވައިދެއްކެވި ވާހަކަފުޅުގަ އެވެ.
ނައިބު ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައްޔާއި ސަރުކާރު ހިންގުމުގައި ކޮންމެ ޒަމާނަކު ވެސް އެ ޒަމާނަކާ ގުޅޭ، ތަހުޒީބުތަކަކާއި އުސޫލުތަކެއް ރާއްޖޭގައި އޮތީ ހަމަޖެހިފައި ކަމަށެވެ. އަދި މިއީ ދިވެހި ތާރީހުން ފެންނަން އޮތް އެންމެ ފަހުރުވެރިވުން ހައްގު ކާމިޔާބެއް ކަމަށް ވެސް ވިދާޅުވި އެވެ.
ސިވިލް ސާވިސްގެ ހިދުމަތް ރާއްޖޭގައި ވަކި މުއައްސަސާއެއް ގޮތުގައި ވަކި ގާނޫނެއްގެ ދަށުން ބާރު ލިބިގެން އުފެދިގެން ދިޔައީ މީގެ 17 އަހަރު ކުރިން 2007 ވަނަ އަހަރު އެވެ.
"އޭރަކު އެއޮންނަ ސަރުކާރަކުން ކަނޑައަޅާ އަމާޒުތަކަށް ޤައުމު ގެންގޮސްދީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދޭން މަސައްކަތް ކުރާ އެއްބަޔަކީ ސިވިލް ސާވިސް. ކޮންމެ ސަރުކާރެއްގެ ވެސް އަމާޒުތައް ހާސިލް ކޮށްދިނުމުގައި ޤައުމީ ލޯބީގައި ވަރަށް މުރާލި ކަމާއި ޖޯޝާއި އައްސަރިބަހާއި ސާބަސް ތަކުރާރުކުރަން ޖެހޭނެ ބޮޑެތި ހިދުމަތްތަކެއް ދިވެހި ސިވިލް ސާވިސްއިން ދަނީ ކޮށްދެއްވަމުން " ނައިބު ރައީސް ވިދާޅުވި އެވެ.
ރައްޔިތުންނަށް ހިދުމަތްކުރުމަކީ ވަރަށް ކެތްތެރިކަމާ ކަމޭހިތުމާއެކު އަދާކުރަންޖެހޭ ވަރަށް ބޮޑު ޒިންމާއެއްކަމަށާއި، ސަރުކާރުގެ ކޮންމެ ވުޒާރާއަކާ ކޮންމެ އޮފީހަކުން ވެސް ފަސޭހަކަމާއެކު ހިދުމަތް ލިބެން ކޮންމެ ރައްޔިތަކު ވެސް ބޭނުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރެއް ހިންގަން ސިވިލް ސާވިސްގެ ބޭނުން ބޮޑުކަމަށާއި އެކަމުގައި ސިވިލް ސާވިސްއިން ބޮޑު ދައުރެއް އަދާކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހިދުމަތުގެ އެންމެ މުހިންމު މޮޓޯއަކީ ރައްޔިތުންނަށް ދެއްވާ ހިދުމަތްތައް ހަލުއިކުރެއްވުން، ޒަމާނީ ކުރެއްވުން. ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންގޮސްދޭން ހުއްޓުމެއް ނެތި ރެއާއި ދުވާލު މަސައްކަތް ކުރެއްވުން. އަދި ރައީސް ފައްޓަވާފައިވާ މި ވާ ގައުމީ މަސައްކަތްފުޅު ކާމިޔާބުކުރުމުގައި ދިވެހި ސިވިލް ސާވިސް އިން ފުރިހަމަ އަށް ވާގިވެރިވެދެއްވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" ނައިބު ރައީސް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ މައިގަނޑު ދެ ކަމެއް ކޮށް ދެއްވުމަށް ސިވިސް މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެއީ ހިދުމަތް ހޯދުމަށް ދާ ކޮންމެ ދިވެހި ރައްޔިތަކާއި ބިދޭސީއަކަށް ވެސް ހިނިތުންވުމާއި އޯގާތެރިކަމާއެކު ހިދުމަތް ދިނުމަށާއި ޓެކްނޮލޮޖީގެ އެހީގައި ހަލުވިކަމާއެކު އަވަސް ހިދުމަތް ދިނުމެވެ.
ކޮންފަރެންސް ފަށަން ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ދިވެހި ސިވިލް ސާވިސް ކޮންފަރެންސްގެ ފޮތް ވެސް ނެރެދެއްވައިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
ސީއެސްސީގެ މެންބަރު ކަމަށް މުޖުތާޒް އައްޔަންކުރަން ރުހުންދީފި
2 މަސް ކުރިން
0
ދުބާއީ ދަތުރުފުޅަށް ފަހު ނައިބު ރައީސް ވަޑައިގެންފި
2 މަސް ކުރިން
0
ނައިބު ރައީސް، ގްލޯބަލް ގަވަމަންޓް އެވޯޑްގެ ޕްލެނަރީ ސެޝަންގައި ބައިވެރިވެވަޑައިގެންފި
2 މަސް ކުރިން
0
ނައިބު ރައީސް ޔޫއޭއީއަށް ފުރާވަޑައިގެންފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ފުރާޅެއް މައްޗަށް ވެއްޓުނު ޒުވާން އަންހެނަކަށް ފަރުވާ ދެނީ
9 ގަޑިއިރު ކުރިން
0
ޑްރަގާއެކު އެއްމާބަނޑު ދެބެން ހައްޔަރުކޮށްފި
9 ގަޑިއިރު ކުރިން
0
ޔާމީންއަށް ކުރާ ޖިނާއީ ދައުވާގެ ޝަރީއަތް މި މަހު 28 އަށް ޝެޑިއުލްކޮށްފި
9 ގަޑިއިރު ކުރިން
0
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަނީ..!
17 ގަޑިއިރު ކުރިން
0