
އެ މިނިސްޓަރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި އާންމު ރައްޔިތުންގެ ގަޔަށް މެނިންގޮކޯކޮލް ވެކްސިން ޖަހަން ޖެހޭ ފަދަ ހާލަތެއް ނެތް ނަމަވެސް އުމްރާއާއި ހައްޖުގެ އަޅުކަމަށް ދާ މީހުންގެ އިތުރުން މެނިންގޮކޯކަލް ބަލި އާންމުކޮށް ފެތުރޭ ގައުމުތަކަށް ދަތުރު ކުރާ މީހުން އެ ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.މެނިންގޮކޯކޮލް ބައްޔަކީ ރާއްޖޭގައި މީގެ ކުރިން ވެސް ފެތުރޭ ބައްޔެއް ނޫނެވެ. އެ ބަލި ރާއްޖެއިން ފެނުނީ ހައްޖުގެ އަޅުކަމަށް ސައޫދީ އަރަބިއްޔާއަށް ގޮސްފައި އެނބުރި ރާއްޖެ އައި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، މުހައްމަދު އާރިފް (ބަކާ) ގައިންނެވެ. އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ވަނީ މިދިޔަ އަންގާރަ ދުވަހު ނިޔާވެފަ އެވެ.އެ ހާދިސާއާ ގުޅިގެން އެޗްޕީއޭއިން ވަނީ ބަކާއާ ކޮންޓެކްޓުވެފައި ތިބި މީހުން ދެނެގަނެ އެމީހުންނަށް ބޭސް ދޭން ފަށައިފަ އެވެ.