ޚަބަރު
މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑެއް ނޫން: ގާސިމް
މެންބަރު ޤާސިމް އިބްރާހިމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރަ ކުޑަކުރަން ތާއީދު ނުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު މެންބަރުން ދެކޭ ގޮތެއް ދެނެގަތުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ގާސިމް މިއަދު ވިދާޅުވީ މަޖިލީހުގެ އަދަދު އިތުރުވަމުން ދިއުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގާސިމް އިބްރާހީމް ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހެޅުއްވި އެވެ. ނަމަވެސް އޭރު ސުޕަމެޖޯރިޓީ އޮތް އެމްޑީޕީން އެ ބިލް ބޭރުކޮށްލާފައިވާކަން ގާސިމް ފާހަގަކުރެއްވި އެވެ.

ގާސިމް ވިދާޅުވީ މެންބަރުންގެ އަދަދު ކަނޑައަޅާނެ ގޮތެއް ބަހުސްކޮށްގެން ނިންމޭނެ ކަމަށެވެ. ނަމަވެސް މުސާރަ އާއި އިނާޔަތް ކުޑަކުރަން ނުފެންނަ ކަމަށް ވިދާޅުވި އެވެ. 

ގާސިމްގެ އިތުރުންމިއަދުގެ ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުވެސް ވަނީ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކަން ފާހަގަކުރައްވާ ވާހަކަ ދައްކަވާފައެވެ.

މަޖިލީހުގެ މެންބަރުންނަށް އަސާސީ މުސާރައިގެ ގޮތުގައި 42،500 ރުފިޔާ، ލިވިން އެލަވެންސްގެ ގޮތުގައި 20،000 ރުފިޔާ އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ ލިބެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު