ސީއެޗްއެސްއީ ގައި ނަމާދު ކުރާނެ ބައެއް ހުޅުވައިފި
އަލީ ރާޒީ
07 ޖުލައި 2024 - 13:08
0 comments
ސީއެޗްއެސްއީގެ ނަމާދުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ހުޅުއްވައިދެއްވަނީ
ހުޅުމާލޭގައި ހުންނަ ސެންޓަ ފޮ ހަޔަ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގައި ނަމާދު ކުރާނެ ބައެއް ހުޅުވައިފި އެވެ.
ސީއެޗްއެސްސީގެ 45 ވަނަ އަހަރީ ދުވަހާ ދިމާކޮށް މިދިޔަ ބުދަ ދުވަހު މި ތަން ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމާ އެކު ސްކޫލްގައި ގާއިމުކުރި އެ ތަނަކީ ދަރިވަރުންނަށް ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ގާއިމުކުރި ތަނެކެވެ. އެ ތަނުގައި އެއްފަހަރާ 40 ދަރިވަރުންނަށް ނަމާދު ކުރެވޭނެ އެވެ.ދެ ޖިންސްގެ ދަރިވަރުންނަށް ވަކިން ވުޟޫ އާއި ނަމާދު ވެސް ކުރެވޭ ގޮތަށް، ގާއިމުކުރި ބައި ހުޅުވައި ދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.
ކިޔުންތެރިންގެ ޝުއޫރު