ވަކިކުރަން އުޅެނިކޮށް، ސީއެސްސީގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
އަލީ ރާޒީ
11 މާޗް 2025 - 14:47
0 comments
ސީއެސްސީގެ ނައިބު ރައީސް އިބްރާހީމް ރަޝީދު: ވަކިކުރަން އުޅެނިކޮށް އޭނާ ވަނީ އިސްތިއުފާ ދެއްވައިފައި
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް އިއްޔެ މަޖިލީހުން ފެށުމާ އެކު، އޭނާ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ރަޝީދު މަގާމުން އިސްތިއުފާ ދެއްވަމުން މިއަދު ވިދާޅުވީ، އިސްތިއުފާ ދެއްވުމުގައި ވަކި ސަބަބެއް ނެތް ކަމަށެވެ.އޭނާ އިސްތިއުފާ ދެއްވިއިރު، އިއްޔެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އޭނާ މަގާމުން ވަކިކުރަން ފާސްކޮށް، އެ މައްސަލަ ތަޅުމަށް ފޮނުވައިފައެވެ.އެގޮތަށް ފާސްކުރިކަން ޔަގީންވި ނަމަވެސް، ކޮމިޓީގެ ބައްދަލުވުން ކުރިއަށްގެންދިޔައީ މައިކް އޮފްކޮށްގެން ކަމުން، ރަޝީދާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލައިގެ ތަފުސީލެއް ލިބިފައިނުވެއެވެ.އިބްރާހިމް ރަޝީދު މި މަގާމަށް އައްޔަންކޮށްފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ސެޕްޓެމްބަރު 2020ގަ އެވެ.
ކިޔުންތެރިންގެ ޝުއޫރު