އެއާޕޯޓުގެ މަރުހަބާ ކިޔާ މޮނިއުމެންޓު އިފުތިތާހުކޮށްފި
އަހުމަދު ނިހާން
09 ޖުލައި 2024 - 16:19
0 comments
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެދި "ވެލްކަމް" މޮނިއުމެންޓް.-- ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ފަރާތްތަކަށް މަރުހަބާ ކިޔުމަށް ހެދި މޮނިއުމެންޓު މިއަދު ހުޅުވައިފި އެވެ.
ސިނަމާލެ ބުރިޖާ ގުޅިފައިވާ ހަލިމަގުން އެއާޕޯޓަށް ވަންނަ ދިމާލުގައި ބިނާކޮށްފައިވާ މޮނިއުމެންޓު ހުޅުވައިދެއްވީ އެއާޕޯޓު ހިންގާ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝަރީފާއި އެ ކުންފުނީގެ ދެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންކަމަށްވާ މުހައްމަދު ލަމްއާނާއި މުޖުތަބާ ލަތީފެވެ. ޖުމްލަ 25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫއެއް މިއަހަރުގެ ކުރީކޮޅު ސަރުކާރުން ވަނީ އިފްތިތާހުކޮށްފަ އެވެ.މި ބިޔަ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ މަސައްކަތްތައް މިއަހަރު ފެށިގެންދާއިރު މުޅި މަޝްރޫޢުގެ ބޮޑުބައި މި ފަސްއަހަރުގެ ތެރޭގައި ނިންމައި 10 އަހަރުގެ ތެރޭގައި މަޝްރޫޢުގެ އެންމެބޮޑެތި މަސައްކަތްތައް ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު