ޚަބަރު
މަޖިލިސް މެމްބަރުންގެ ތައުލީމީ ޝަރުތު ހިމަނަން ގޮވާލައިފި
މަތީ ތައުލީމުގެ ދާއިރާ ހަރުދަނާ ކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތް ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލާ މީހުންގެ ތައުލީމީ ޝަރުތު ކަނޑައަޅައި ގާނޫނެއްގައި ހިމެނުމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ގޮވާލައްވައިފި އެވެ.

މަތީ ތައުލީމްގެ ގާނޫނަށް ގެނައި އިސްލާހަށް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވި ގޮތުގައި، މަތީ ތައުލީމު ހާސިލުކުރުމަށް ބޮޑެތި ގުރުބާނީތައް ވަމުންދާ އާދައިގެ ޒުވާނުންނަށް މަޖުބޫރުވެފައި ވަނީ، އެއްވެސް ތައުލީމެއް ނެތް ސިޔާސީ މީހެއްގެ ފަހަތުގައި މަސައްކަތް ކުރުމަށެވެ.

"މި ރައްޔިތުންގެ މަޖިލީހުގައި ވެސް، ހަގީގަތުގައި މި ކަމުގައި ރަނގަޅު ނިޔަތެއް އޮތިއްޔާ އެންމެ ފުރަތަމަ ވެސް ކުރަންވީ ކަމަކީ މެމްބަރުކަމަށް އެޕްލައި ކުރުމުގައި ވެސް ކޮންމެވެސް ކަހަލަ ކޮލިފިކޭޝަނެއް އޮންނަންވީ،" އޭނާ ގޮވާލެއްވި އެވެ.

މީކާއިލް ވިދާޅުވި ގޮތުގައި ޒުވާނުންގެ މުސްތަގުބަލާ ގުޅިފައިވާ މިފަދަ ކަމެއް އެންމެ ފުރަތަމަ ފަށަންޖެހޭނީ މަޖިލީހާ ހިސާބުންނެވެ.

ދައުލަތުގައި ފައިސާ ނެތި، ހަރަދު ކުޑަކުރާ ކަމަށް ސަރުކާރުން ބުނާއިރު، ކޮންމެ ދުވަހަކު ސިޔާސީ މަގާމުތަކަށް އާ މީހުން ވައްދަމުންދާ ކަމަށް މީކާއިލް ވިދާޅުވި އެވެ.

މަތީ ތައުލީމްގެ ބިލުގައި ވަނީ ކޮލެޖުތައް ޔުނިވާސިޓީއަކަށް ބަދަލުވުމުގެ ޝަރުުތުތައް ދަށްކޮށްފަ އެވެ. އެގޮތުން މެދުކެނޑުމެއް ނެތި ހިންގާތާ 15 އަހަރުވުމާއި ބައެއް އެހެނިހެން ޝަރުތުތައް ހަމަވުމުން ޔުނިވާސިޓީއަކަށް ބަދަލު ކުރެވޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު