ޚަބަރު
ސަރުކާރު ހަރަދު ކުޑަކުރަން، މުވައްޒަފަކު އަމިއްލައަށް އިސްތިއުފާ ދީފި
ސަރުކާރުން އިސްތިއުފާ ދިން މުހައްމަދު ބައްސާމު އާދަމް
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ބޮޑެތި އަދި ގިނަ ފިޔަވަޅުތަކެއް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި އެކަން އިއުލާން ކުރައްވައިފަ ވާތީ، އެކަމަށް ތާއީދު ކުރުމުގެ ގޮތުން ސަރުކާރު ވަޒީފާއިން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުން މުހައްމަދު ބައްސާމު އާދަމް އަމިއްލަ އަށް އިސްތިއުފާ ދީފި އެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމަވައި އޭގެ ތެރެއިން ބައެއް ކަންކަން ރައީސް މި އިއުލާން ކުރެއްވީ، މި އަހަރުގެ ބަޖެޓު ފައިނޭންސް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތަކެއް ހުރުމުންނެވެ. 

ބައްސާމް އެކްސްގައި މިއަދު ކުރި ޕޯސްޓެއްގަައި ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރަން ރައީސް މުއިއްޒު އަޅުއްވާ ފިޔަވަޅުތަކަށް ފުރިހަމައަށް އިހުތިރާމު ކުރެއްވުމާއެކު، މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.

އަދި ޑެޕިއުޓީ އެމްޑީއެއްގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީގައި ހޭދަކުރެއްވި މުއްދަތުގައި ކުންފުނީގެ މުވައްޒަފުންގެ ދުޅަހެޔޮކަން ހަރުދަނާކުރުމަށާއި، ފަަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ މާކެޓުކުރުން އިތުރަށް ކުރިއެރުވުމަށާއި، ބައިނަލްއަގުވާމީ ގުޅުންތައް އިތުރުކުރަން ކުރެއްވުނު މަސައްކަތްޕުޅާމެދު ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

"ރައީސް މުއިއްޒަށް ހާއްސަ ޝުކުރެއް ދަންނަވަން، ކުންފުނީގެ އެންމެ އުނދަގޫ ދަނޑިވަޅުގައި ކުންފުނި ހިންގުމަށް އަޅުގަނޑަށް އިތުބާރު ކުރެއްވި ކަމަށް ޓަކައި, އަޅުގަނޑު އުންމީދު ކުރަނީ ކުރިއަށް އޮތް ތަނުގައި ވެސް އެއްބާރުލުން ދީ، މި ސިނާއަތުގެ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުން," އިތުރަށް ލިޔުއްވާފައިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު