
އެގޮތަށް ބަދަލު ކުރަން ހުށަހަޅާފައި އޮތީ ގާނޫނުއަސާސީގެ ބައެއް މާއްދާތައް ބަދަލު ކުރަން ވެރިކަން ކުރާ ޕީއެންސީން މާދަމާ މަޖިލީހަށް ހުށަހަޅަން ތައްޔާރުކޮށްފައި އޮތް ބިލުގަ އެވެ.ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުގައި ބުނެފައި ވަނީ މަޖިލީހުގެ ޖުމްލަ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ، އެއްބަސްވުމެއްގެ ދަށުން ނުވަތަ އެ ނޫންވެސް ގޮތަކަށް، ރާއްޖެއިން ބޭރުގެ ފަރާތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ބޭނުންކުރުމަށް ހުއްދަ ދީގެން ނުވާނެ ކަމަށެވެ. އަދި އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި، މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ، އަސްކަރީ ބޭނުމަކަށް، ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި އަމަލީގޮތުން ހަރަކާތްތެރިވުމަށް ހުއްދަ ދީގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.މީގެއިތުރުން ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ މެމްބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ކަމަށްވެސް ބުނެފައިވެ އެވެ.ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ބޭރުގެ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމުގެ ހުއްދަ ނުދިނުމެވެ.ކުރިން ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށް ފަހު، އިންޑިއާއިން ހަދިޔާކޮށްފައިވާ އަސްކަރީ އުޅަނދުތައް ދުއްވަން މިހާރު ވަނީ އެ އުޅަނދުތައް އުފެއްދި ކުންފުނީގެ މަދަނީ މުވައްޒަފުން ގެނެސްފަ އެވެ.ގާނޫނުއަސާސީގެ 261 ގައި ބަޔާންކޮށްފައިވާ ގޮތުން ގާނޫނުއަސާސީ އަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުންނެވެ. އެހެންވެ، ޕާޓީ ބަދަލު ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރެވޭނީ 70 މެންބަރުންގެ ވޯޓުންނެވެ.