ޚަބަރު
ރައީސް ޑރ.މުއިއްޒު ރައީސް ސޯލިހަށް ތައުޒިޔާ ވިދާޅުވެއްޖެ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު، މުއުމިނާ ހުސައިން ފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯލިހުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ސޯލިހުގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވީ ރައީސް ސޯލިހުގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމާގައި ބައިވެރިވެވަޑައިގެން، ރައީސް ސޯލިހާއި އެމަނިކުފާނުގެ އާއިލާއަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވާ ކަމަށެވެ.

އާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް ދުއާކުރެއްވުމާއެކު ރައީސް ސޯލިހުގެ މަންމާފުޅު މާތްﷲގެ ތަނަވަސް ރަހުމަތާއި ރުހިވޮޑިގަތުމާއި މަޣުފިރަތުގައި ލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދިވަޑައިގެން ރައީސް ދުއާ ކުރެއްވި އެވެ. 

ރައީސް ސޯލިހުގެ މަންމާފުޅު މުއުމިނާ ހަސަންފުޅު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު، އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އެކަމަނާ އަވަހާރަވިއިރު އުމުރުފުޅުން 80 އަހަރެވެ. 

އެކަމަނާގެ ބޭފުޅުންގެ ތެރޭގައި ރަައީސް ސޯލިހުގެ އިތުރަށް ހުޅުމާލޭ ދާއިރާގެ ކުރީގެ މަަޖިލިސް މެންބަރު އަލީ ނިޔާޒާއި ރައީސް އޮފީހުގައި ގިނަ ދުވަހު ދައުލަތަށް ހިދުމަތްކުރެއްވި ފާތިމަތު މުހައްމަދު ސޯލިހާއި މަޖީދިއްޔާ ސުކޫލުގެ ޕްރިންސިޕަލް އާއިޝަތު މުހައްމަދު ސޯލިހު ހިމެނިވަޑައިގަންނަވަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު