ވިޔަފާރި
ފެނަކަ އަކީ ފައިދާވާ ކުންފުންޏަކަށް ހަދާނެ: އެސްޓީއޯ
ފެނަކައަކީ ފައިދާވާނެ ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

އެސްޓީއޯ އިން ވިދާޅުވީ ފެނަކަ ފައިދާވާ ކުންފުންޏަކަށް ބަދަލުކޮށް، ގަވަނަންސް ސިސްޓަމް ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އަދި ފެނަކައިން ކުރާ ވިޔަފާރީގެ އެންމެ ބޮޑު ހޭދައަކީ ތެލަށް ކުރާ ހޭދަ ކަމަށްވެފައި އެސްޓީއޯގެ ސަބްސިޑަރީއަކަށް ފެނަކަ ބަދަލުކުރެވިއްޖެނަމަ، މި އިންޓަގްރޭޝަންއިން ދެ ކުންފުންޏަށް ލިބޭނެ ފައިދާއާ ބެހޭގޮތުން އެސްޓީއޯއިން ސަރުކާރަށް މި މަހުގެ 15 ވަނަ ދުވަހު ޕްރޮޕޯސަލްއެއް ހުށަހެޅި ކަމަށެވެ.

މި ޕްރޮޕޯސަލް ގަބޫލުކޮށ،ް ފެނަކައަކީ އެސްޓީއޯގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލިހުގެ ލަފާފުޅާ އެކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ.

ފެނަކައިގެ އިންޓަރިމް ބޯޑުގައި ހިމެނޭނީ ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އާއި އެންވަޔަރުމަންޓް މިނިސްޓްރީން ކަނޑައަޅާ ބޭފުޅުންނެވެ. އަދި ފެނަކަ އެސްޓީއޯގެ ދަށަށް އެއްކޮށް ބަދަލުވުމުން އެކުންފުނީގެ ބޯޑު އެކުލަވައިލާނީ އެސްޓީއޯގެ ގަވަނަންސް ކޯޑާއި ސަބްސިޑަރީތަކަށް މެންބަރުން އައްޔަނުކުރާ އުސޫލުގެ ދަށުންނެވެ. 

ސްޓީއޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފެނަކަ، އެ ކުންފުނީގެ ސަބްސިޑަރީއަކަށް ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ނިންމުމަށްޓަކައ،ި ފެނަކައާއ،ި މާލީ ވުޒާރާއާއި ގުޅިގެން ޕްލޭނެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށެވެ.

މި ޕްލޭންގެ ދަށުން މިނިވަން އޮޑިޓް ފާމެއް މެދުވެރިކޮށް، ފެނަކައިގެ ހާލަތު ދެނެގަތުމުގެ ގޮތުން އެ ކުންފުނީގެ ފައިނޭންޝަލް އަދި ލީގަލް ޑިޔުޑިލިޖެންސް ހެދުމަށާއ،ި އެސެޓްތައް ވެލިއުކުރުމަށާއި އަދި މާލީ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށާއި ކުންފުނި ރައިޓްސައިޒްކޮށް އެކުންފުނި ހިންގުން ހަރުދަނާކުރުމަށްޓަކައ،ި ކުރަންޖެހޭ ކަންކަން ކުރުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ލަފާދީފައިވާ ކަމަށް ބުނެފައިވެ އެވެ.

ފެނަކައިގެ ދަރަނީގެ ބޮޑު ބަޔަކ،ީ އެސްޓީއޯ ގްރޫޕަށް ދައްކަންޖެހޭ ފައިސާކަމަށްވާއިރު، މި ފައިސާ އެސްޓީއޯއަށް ލިބޭނެ ގޮތައް ޕްލޭނެއް ހަދައިގެން އެއާއި އެއްގޮތަށް ފައިސާ ހޯދުމަށް މަސައްކަތްކޮށް، ފެނަކައަކީ ފަދާވާ ކުންފުންޏަކަށް ހެދުމަށް އެސްޓީއޯއިން މަސައްކަތް ކުރާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު