ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ތިންވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ އިތުރުވެ، 156 މިލިއަން ރުފިޔާއަށް
އައިމިނަތު ޝިޔާޒާ
30 އޮކްޓޫބަރ 2024 - 21:34
0
comments
Tweet
Telegram
ދައުލަތުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއަށް މިއަހަރުގެ ތިން ވަނަ ކުއާޓާގައި 156 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ އެވެ.
އެސްޓީއޯ އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއީ މިއަހަރުގެ ދެވަނަ ކުއާޓަރާއި އަޅާ ބަލާއިރު ފަސް ޕަސެންޓްގެ ކުރިއެރުމެކެވެ. ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 148 މިލިއަން ރުފިޔާ އެވެ.
ތިންވަނަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 3.6 ބިލިއަން ރުފިޔާ ލިބިފަ އެވެ.
ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުރަމުންގެންދާ ވިޔަފާރި ރަނގަޅު ވެފައިވުން ކަމުގައި އެސްޓީއޯއިން ބުނެ އެވެ. އާމްދަނީ އިތުރުވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައިވަނީ 592 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މީގެ ކުރީ ކުއާޓަރާއި އަޅާ ބަލައިއިރު 15 އިންސައްތައިގެ ކުރިއެރުމެކެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ޕްރޮވިޝަންސް އިތުރުވުމާއިއެކު ކުންފުނީގެ ހަރަދު އިތުރުވި ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއިއެކު މިކުއާޓަރު ގެ ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 251 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި 23 އިންސައްތައިގެ ކުރިއެރުމެކެވެ.
އެސްޓީއޯއިން ވިއްކާ ހިއްސާއަަކަށް ޖެހޭ ރުފިޔާގެ އަދަދު މިދިޔަ 2023ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ހުރީ 174 ރުފިޔާގައެވެ. މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެ އަދަދު ވަނީ 138 ރުފިޔާއަށް ދަށްވެފައެވެ.
އެސްޓީއޯގައި މަސައްކަތް ކުރަމުންދަނީ ޖުމްލަ 2،308 މުވައްޒަފުންނެވެ. މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅައިބަލާއިރު، އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު ވެސް ތިންވަނަ ކުއާޓަރުގައި އިތުރެވެ. މި ކުއާޓަރުގައި އިތުރު 116 މުވައްޒަފުން އެ ކުންފުންޏަށް ނަގާފައިވެއެވެ.
ދިވެހި މުވައްޒަފުންގެ ގޮތުގައި 1،869 މުވައްޒަފުން އެސްޓީއޯގައި މަސައްކަތް ކުރާއިރު، 439 ބިދޭސީ މުވައްޒަފުން އެ ކުންފުނީގައި މަސައްކަތް ކުރެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ދުވަސް ކުރިން
0
ދަނޑު ހެއްދުމުގެ ބޮޑު މަޝްރޫއު ޔޫޓީއެފުން ފުށިދިއްގަރު ފަޅަށް ބަދަލުކޮށްފި
9 ދުވަސް ކުރިން
0
ފިއުލް ފާމް ތިލަފުއްޓަށް ބަދަލު ކުރަނީ
26 ދުވަސް ކުރިން
0
އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން އިހަވަންދޫގައި މަޝްރޫއެއް ފަށައިފި
26 ދުވަސް ކުރިން
0
ހުރިހާ އަތޮޅަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށް މަޝްރޫއެއް ފަށައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އުރީދޫ ސުޕަނެޓް އެންމެނަށް އަންލިމިޓެޑް
3 ގަޑިއިރު ކުރިން
0
ތައިލެންޑް ސަފީރަކަށް ފުއާދު އައްޔަނުކުރަން ކޮމިޓީން ރުހުން ދީފި
7 ގަޑިއިރު ކުރިން
0
ހީނާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލަން ޖެހޭ: ޔާމީން
8 ގަޑިއިރު ކުރިން
0
ޗައިނާ ސަފީރު ރައީސް އަރިހަށް ވަދާއީ ޒިޔާރަތްކުރައްވައިފި
8 ގަޑިއިރު ކުރިން
0