ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ހީނާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލަން ޖެހޭ: ޔާމީން
މަރިޔަމް އަނާ
03 ޑިސެމްބަރ 2024 - 14:36
0
comments
Tweet
Telegram
އެންސްޕާ ހިންގަން އޮފީސް އިމާރާތެއް ކުއްޔަށް ހިފުމަށް މޯލްޑިވްސް މީޑިއާ ހައުސްއާ އެކު ހިންގި މުއާމަލާތުގައި މަނީ ލޯންޑަ ކުރުމުގެ ކުށް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންސްޕާގެ މެނޭޖިން ޑިރެކްޓަރު ހީނާ ވަލީދު މަގާމުން އިސްތިއުފާ ދެއްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ އެންސްޕާ އިން އޮފީސް އިމާރާތެއް ހޯދުމަށް ޓެންޑަ ބޯޑު މެދުވެރިކޮށް ހުޅުވާލި ފުރުސަތުގައި މޯލްޑިވްސް މީޑިއާ ހައުސް އިން އިން އެކަނި ކުރި ބިޑެއް އެވޯޑްކޮށް އެންސްޕާ އިން އެ ކުންފުންޏަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް ބުނެ ވަރަށް ހޫނުވެފައި އޮތް މައްސަލައިގައި ވާހަަކަދައްކަވަމުންނެވެ.
މޯލްޑިވްސް މީޑިއާ ހައުސް އަކީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގުޅޭ ހަބަރުތަކާއި އިވެންޓްތައް ގެނެސްދިނުމަށް އަދި އެމަނިކުފާނު ޕްރޮމޯޓް ކުރުމަށް ހަދާފައިވާ ކުންފުންޏެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ.
"ބިޑްގެ އާންމު އުސޫލަކީ ބިޑަކަށް ކުރިމަތިލަނީ އެންމެ ފަރާތަކުން ކަމަށް ވަންޏާ ފުރަތަމަ ކެންސަލްކޮށް ރީބިޑްކުރާނީ. ފިނޭންސްގެ ޓެންޑަ ޑޮކިއުމަންޓްއިން އެބަ އެނގޭ އެންމެ ޕާޓީއެއް ކަން ބިޑްކުރީ. އެމްއެމްޓީވީ އެކަނިކަން،" ޔާމީން ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު ހިނގަނީ ގާނޫނީ ހުކޫމަތް ނުހިނގާ ދައުލަތެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. ގާނޫނު ހަދާ މަޖިލީހުގައި ގާނޫނު ދެމެހެއްޓުމުގެ ވާހަކަ ވެސް ނުދައްކާ ކަމަށާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އެ މަސައްކަތް ނުކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ގާނޫނުގައި މިހާރު ވެސް އޮވޭ ނުހައްގު މުއްސަނދިކަން ހޯދި ކަމަށް ބެލެވޭނަމަ ސުވާލުކުރަން ޖެހޭނެ ކަމަށް. ސަރުކާރު ބައެއް ކުންފުނިތަކުގެ ވެރިންގެ ފަރާތުން މި ފެންނަނީ މުސާރައާ ނުބައްދަލު މުއްސަނދި ދިރިއުޅޭ ތަން މި ފެންނަނީ،" ޔާމީން ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
18 ގަޑިއިރު ކުރިން
0
ޔާމީންއަށް ކުރާ ޖިނާއީ ދައުވާގެ ޝަރީއަތް މި މަހު 28 އަށް ޝެޑިއުލްކޮށްފި
1 މަސް ކުރިން
0
ޔާމީންގެ އަތާއި ފައި ކުރިން އޮތީ ރައްޔިތުންގެ މަޖިލިހުގެ ތެރޭގައި: ފަލާހް
2 މަސް ކުރިން
0
ޕީއެންސީ އިން ވަކިކޮށްފިނަމަ އަޒާން އަނބުރާ މަޖިލީހަށް ހޮވައިދޭން މަސައްކަތް ކުރާނަން: ރައީސް ޔާމީނު
2 މަސް ކުރިން
0
އެންސްޕާ ހިންގާނެ އިމާރާތެއް ހޯދަން ތިން ވަނަ ފަހަރަށް އިއުލާންކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މަޖީދިއްޔާގެ ހިޔަލުން ގެނައި ކުރިއެރުމަށް ނިމުމެއް ނެތް: ރައީސް
2 ގަޑިއިރު ކުރިން
0
އުރީދޫގެ އިތުރު ދެ މުވައްޒަފަކު ހާވާޑުން ދަސްވެނިވެެއްޖެ
3 ގަޑިއިރު ކުރިން
0
މެޑިކަލް ޓޫރިޒަމަށް ހޮސްޕިޓަލް އެޅުމަށް ޕްރޮޕޯސަލްތައް ދަނީ ލިބެމުން: ނާޒިމް
3 ގަޑިއިރު ކުރިން
0
ފުރާޅެއް މައްޗަށް ވެއްޓުނު ޒުވާން އަންހެނަކަށް ފަރުވާ ދެނީ
18 ގަޑިއިރު ކުރިން
0