ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޕީއެންސީ އިން ވަކިކޮށްފިނަމަ އަޒާން އަނބުރާ މަޖިލީހަށް ހޮވައިދޭން މަސައްކަތް ކުރާނަން: ރައީސް ޔާމީނު
އިސްމާއިލް ރިޒާ
28 ފެބުރުއަރީ 2025 - 18:48
0
comments
Tweet
Telegram
ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާނަށް ކެމްޕޭން ކޮށްދިނިން ކަމަށާއި ގޮނޑި ގެއްލުވާލައިފި ނަމަ ދެން އަދި މާ ގަދައަށް ކެމްޕޭން ކޮށްދެއްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީން އަޒާން ވަކިކުރަން އުޅޭ އަޑުތައް ގަދަވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން މަޖިލީހުން ފާސްކުރި ބިލާ އޭނާ ދެކޮޅު ހެދުމުންނެވެ. އަޒާން ވަނީ ދެ ފަހަރެއްގެ މަތިން ޕީއެންސީގެ ތްރީ ލައިން ވިޕާ ހިލާފުވެފަ އެވެ.
މިކަމާ ގުޅިގެން ރޭ ވާހަކަދައްކަވަމުން ޔާމީނު ވިދާޅުވީ މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައިވެސް އެމަނިކުފާނު އަޒާނު ހޮވުމަށް މަސައްކަތްތަކެއް ކޮށްދެއްވި ކަމަށެވެ. އަދި މިފަހަރުވެސް އެކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"އަޒާން ހަނދާން ހުންނާނެ ކުރީގަވެސް އަޅުގަނޑު އޭނައަށް މަސައްކަތް ކޮށްދިނިން އިންތިހާބުގަ. މިފަހަރު އެޔަށްވުރެ ވަރުގަދައަށް މަސައްކަތް ކޮށްދޭނަން،" އަލަށް އުފައްދަވައިގެން އުޅޭ ޕީއެންއެފް ގެ ރޭގެ ޖަލްސާގައި ޔާމީނު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް އެ ފަނޑިޔާރުންގެ މައްސަލަތައް ބަލަމުންދާ ދިއުމަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ ސަރުކާރުން ތުހުމަތުކުރާ ފަދަ މައްސަަލަތަކެއް އެ ފަނޑިޔާރުންގެ ހުރެދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. މަޖިލީހުން ހަދާ ގޯސްތައް ރަނގަޅުުކުރަން ސުޕްރީމް ކޯޓަށް ދާ މިއީ ފުރަތަމަ ފަހަރު ނޫން ކަމަށާއި ސަރުކާރުން މިހާރު ކުރަމުންދާ ކަންތައްތަކަކީ ހުތުރު ކަންތައްތަކެއް ކަމަށެވެ.
"ކޮންކަމަކާ ބިރުންހޭ މިއުޅެނީ. މިއީ ތާހިރުކަމެއް ނޫނޭ. މިއީ ވަރަށް މުޑުދާރުކޮށް ކުރާ ކަމެއް އިނގޭތޯ. ގާނޫނު އަސާސީއެއް ހަދައި، އެއްބާރު އަނެއްބާރަށް އަރައިގަނެގެން ނުވާނެއޭ ދައްކާ ވާހަަކަ. މި މީހުންނަކަށް ނޭނގެ އެއްބާރުން އަނެއް ބާރަށް އަރައިގަތުމާއި އެއްބާރުން އަނެއްބާރަށް ފާރަވެރިވުމުގެ ތަފާތު ނޭނގޭ މީހުން ވެސް މި ވާހަކަ ދައްކާ އެބަ ނަގާ،" ޔާމީން ވިދާޅުވި އެވެ.
މިހާރު ސަރުކާރުން ދަނީ އަދުލު އިންސާފުގެ ދާއިރާއަށް ކަނޑައެޅިގެން ހުރަސް އަޅަމުން ކަމަށާއި އެއީ ގާނޫނު އަސާސީގައި ކުށެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
އަޒާން ވޯޓުނުދެއްވި ނަމަވެސް ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން ވަނީ އެ ބިލު ފާސްކޮށްފައެވެ. އެ ބިލު ފާސްކުރިތާ ކުޑައިރުކޮޅެއް ފަހުން އެ ދުވަހު 11:00 ގައި ގާނޫނުއަސާސީއާ ގުޅޭ ދުސްތޫރީ މައްސަލައިގައި ވަގުތީ އަމުރުތަކެއް ނެރުމާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ބާއްވަން 10 ވަރަކަށް މިނެޓަށްވެފައި އޮއްވައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައެވެ.
ސަސްޕެންޑުކުރި ތިން ފަނޑިޔާރުންނަކީ:
ފަނޑިޔާރު ހުސްނުއްސުއޫދު
ފަނޑިޔާރު މަހާޒް އަލީ ޒާހިރު
ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 މަސް ކުރިން
0
ޔާމީންއަށް ކުރާ ޖިނާއީ ދައުވާގެ ޝަރީއަތް މި މަހު 28 އަށް ޝެޑިއުލްކޮށްފި
3 މަސް ކުރިން
0
ޔާމީންގެ އަތާއި ފައި ކުރިން އޮތީ ރައްޔިތުންގެ މަޖިލިހުގެ ތެރޭގައި: ފަލާހް
5 މަސް ކުރިން
0
ޣައްސާން އިންޑިއާއަށް ގެންދަނީ ކުޑަކަކޫ ޖައްސުވަން: ޔާމީން
7 މަސް ކުރިން
0
ހީނާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލަން ޖެހޭ: ޔާމީން
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ބޮޓްލިން ޕްލާންޓު ވަޒީފާ ތަކުން މީހުން ވަކި ކުރުމަކީ އާއިލާތަކަށް ދިން ނިކަމެތި ކަމެއް: ވަހީދު
32 މިނެޓް ކުރިން
0
ނައިބު ރައީސް ހދ. އަތޮޅު ކައުންސިލާއެކު މަޝްވަރާކުރައްވައިފި
1 ގަޑިއިރު ކުރިން
0
މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
1 ގަޑިއިރު ކުރިން
0
ލަންކާގެ ދެ ކޮލެޖަކުން ނުކިޔަވަން އެމްކިޔުއޭ އިން އެދިއްޖެ
2 ގަޑިއިރު ކުރިން
0