ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޔާމީންގެ އަތާއި ފައި ކުރިން އޮތީ ރައްޔިތުންގެ މަޖިލިހުގެ ތެރޭގައި: ފަލާހް
އަލީ ރާޒީ
08 މާޗް 2025 - 15:29
0
comments
Tweet
Telegram
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ "އަތާއި ފައި" ކުރިން އޮތީ ރައްޔިތުންގެ މަޖިލިހުގެ ތެރޭގައި ކަމަށާއި އެމަނިކުފާނު ވައްކަމުގެ ވާހަކަ ދައްކަވާތީ ހައިރާންވެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، މި ސަރުކާރުން ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވާ ކަމަށާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ހުރީ "ކޮމްޕްރޮމައިޒް" ވެފައި ކަމަށް ވިދާޅުވެ އިއްޔެ ރޭ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ވެސް އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ފަލާހު އެ ވާހަކަތަކަށް ރައްދު ދެއްވަމުން ވިދާޅުވީ، މިހާރު ހިނގަމުން އަންނަ 20 ވަނަ މަޖިލީހަކީ ނަމޫނާ މަޖިލީހެއް ކަމަށެވެ. އެހެން އެކަން ވީ ސަރުކާރުން މަޖިލީހަށް "އަތާ ފަޔާ ނުބޭނުން" ކަމަށް ފަލާހު ވިދާޅުވި އެވެ.
"އަޅުގަނޑު އުޅުނިން 18 ވަނަ މަޖިލީހުގައި. އޭރު ވެރިޔަކީ ޔާމީނު. ޔާމީނު އަތާ ފައިން ބައެއް ފަހަރު އޮބިނޯވެގެން އޭރުގެ މެޑަމްގެ އަތާ ފައި ވެސް އޮންނަނީ މަޖިލީސް ފުލޯގައި،" ފަލާހު ވިދާޅުވި އެވެ.
ފަލާހް ވިދާޅުވީ މި ގައުމަށް އެންމެ ބޮޑަށް ހިޔާނާތެއްވީ ކާކުތޯ އާއި އެންމެ އަނިޔާވެރި ވެރިކަމެއް ކުރީ ކާކުތޯ އާއި މި ގައުމުގެ ޖުޑިޝަރީ ފުނޑާލާ ކޯޓްތަކުން ޓިނުނަގާ ކޯޓްތަކަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވީ ކާކުތޯ އާއި މި ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން ދެ އަހަރު މަގުމަތިކޮށް މަޖިލީސް މެމްބަރުން މަޖިލީހަށް ވަނަ ނުދީ އަނިޔާ ކޮށް މަޖިލީސް ހިސޯރު ކުރީ ކާކުތޯ ފަލާހު ސުވާލު ކުރެއްވި އެވެ.
"މި ގައުމުގެ ޖުޑިޝަރީ ފުނޑާލާ ކޯޓުތަކުން ޓިނު ނަގައި، ކޯޓުތަކަށް އެއްމެ ބޮޑު ނުފޫޒެއް ފޯރުވީ ކާކު؟ ޖަވާބު ޔާމީނު. މި ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން 2 އަހަރު މަގުމަތިކޮށް، މަޖިލީސް މެމްބަރުން މަޖިލީހަށް ވަނަ ނުދީ އަނިޔާކޮށް މަޖިލީސް ހިސޯރު ކުރީ ކާކު؟ ޖަވާބު ހަމަ ޔާމީނު،" ފަލާހު ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
10 ދުވަސް ކުރިން
0
މިހާރުގެ ވަޒީރުން އުޅެނީ ޕާޓީކުރާކަށް ނޫން: ފަލާހް
21 ދުވަސް ކުރިން
0
ޔާމީންއަށް ކުރާ ޖިނާއީ ދައުވާގެ ޝަރީއަތް މި މަހު 28 އަށް ޝެޑިއުލްކޮށްފި
24 ދުވަސް ކުރިން
0
އެމްޑީޕީގެ ވެރިކަމެއްގައި އިޒްރޭލު މީހުން އަންނަން އަލުން ހުއްދަދޭނެ: ފަލާހު
1 މަސް ކުރިން
0
މުސާރަ ކުޑަކުރުމުން އިންތިހާބަށް ނެގި ދަރަނި ނުދެއްކޭނެ: ފަލާހް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މޯލްޑިވިއަނުން މުއްޔަށް ކޮޅަކަށް 1،377ރ. ފުރަތަމަ ދަތުރު މި މަހު 17 ގައި
1 ގަޑިއިރު ކުރިން
0
ނުދައްކާ ގިނަ ދުވަސްވީ ފެން ބިލްތަކުގެ ޖޫރިމަނާ މާފުކޮށްދޭ ޕްލޭނެއް
2 ގަޑިއިރު ކުރިން
0
ޔުމްނު އަށް ސުވާލު ކުރުމުގެ ފުސަތެއް އަދި ނުލިބޭ: ފުލުހުން
2 ގަޑިއިރު ކުރިން
0
ޕާކިސްތާނުގައި ތިބި، ދިވެހިންގެ ހާލު މިދަނީ ބަލަމުން: މިނިސްޓްރީ
10 ގަޑިއިރު ކުރިން
0