ރަޝިއާ ސަފީރުގެ ނުރުހުން މައުމޫނަށް
އަހުމަދު ނިހާން
29 އޯގަސްޓް 2024 - 12:23
0 comments
ރާއްޖޭގައި ހުންނަވާ ރަޝިޔާގެ ސަފީރު
ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ވައިގެ ހަމަލާތަކާ ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުން ރަޝިޔާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅައިފައިނުވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކްސްގައި ކުރެއްވި ޕޯސްޓަށް ރާއްޖޭގައި ހުންނަވާ ރަޝިޔާގެ ސަފީރު ނުރުހުން ފާޅުކުރައްވައިފި އެވެ.ރައީސް މައުމޫން މިދިޔަ އަންގާރަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އދގެ ސަލާމަތީ މަޖިލިސް އަދިވެސް އެބައޮތްތޯއޭ ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ. ހަބަރު
"އދ.ގެ ސަލާމަތީ މަޖިލީސް އަދިވެސް އެބައޮތްތަ؟ ބީބީސީން ބުނީ މިދިޔަ ދެ ރޭގެ ތެރޭގައި ރަޝިޔާއިން ވަނީ ޔޫކްރޭނަށް ބޮޑެތި ވައިގެ ހަމަލާތަކެއް ދީފައި ކަމަށް. އެކަމަކު އދ. ގެ އެއްވެސް ރިއެކްޝަނެއްގެ ހަބަރެއް ނުވޭ," އޮގަސްޓު 27, ގައި މައުމޫން އެކްސްގައި ވިދާޅުވި އެވެ.ރައީސް މައުމޫންގެ އެ ޕޯސްޓަށް ރައްދު ދެއްވައި ރަޝިޔާ އެމްބަސީގެ ރަސްމީ ފޭސްބުކް ޕޭޖުގައި ސަފީރު ލިވަން އެސް ޖަގަރްޔަން ވަނީ ޔޫކްރޭންއާ ރަޝިއާއާ ދެމެދު އަސްކަރީ ހަރަކާތްތައް ފަށަން ޖެހުނު ސަބަބު މައުމޫނަށް ހަނދާންކޮށްދެއްވައިފައެވެ. އެގޮތުން ޔޫކްރެއިންގެ ރައީސްގެ ސަބަބުން އެ ގައުމުގެ ޑޮންބާސް ސަރަހައްދުން ގިނަ އަދަދެއްގެ އާންމުން މަރުވެފައިވާ ކަމަށާއި ނަމަވެސް އެކަމާ މައުމޫން ކަންބޮޑުވެވަޑައިނުގަންނަވަނީ ކީއްވެތޯ ސަފީރު ސުވާލު އުފެއްދެވިއެވެ.ސަފީރު ވިދާޅުވީ، 2022 ވަނަ އަހަރުން ފެށިގެން ތަފާތު ހަތަރު ފަހަރެއްގެ މަތިން ރަޝިޔާއިން އިސްވެ ވަނީ ސުލްހަ ގާއިމުކުރުމަށް ހުށަހަޅައިފައި ކަމަށާއި ނަމަވެސް ކޮންމެ ފަހަރަކު އެކަމަށް ހުރަސް އަޅައި އަސްކަރީ ހަރަކާތްތައް ކުރިއަށްގެންދަން ޔޫކްރޭނަށް ހިތްވަރުދެނީ އެމެރިކާ އާއި އިނގިރޭސި ވިލާތުން ކަމަށެވެ."ހުޅަނގުގެ ގައުމުތަކުން ގެންގުޅޭ ތަފާތުކުރުމުގެ ސަގާފަތަށް ތާއީދު ނުކުރަން އަޅުގަނޑު މައުމޫނަށް ގޮވާލަން. އޭގެ ބަދަލުގައި އެންމެ ގައުމެއްގެ ސަބަބުން ފަލަސްތީނުގެ ގާޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތްދަތިކަމަށް ނިމުމެއް ގެންނަން އދ. ގެ ސަލާމަތީ މަޖިލީހުގެ ނުކުޅެދިފައިވާ ކަމާ މެދު ކަންބޮޑުވުން ފާޅުކުރެއްވުމަށް މައުމޫނަށް ގޮވާލަން" ސަފީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ޝުއޫރު