
އެމްއާރުއެމް އުވާލިކަން އިއުލާންކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) ން ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. އަދި މިހާރު އެ ކޮމިޝަނުގެ ވެބްސައިޓުގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ވެސް އެ ޕާޓީއެއް ނެތެވެ. ސަރުކާރުގެ ގެޒެޓުގައި ބުނެފައިވާ ގޮތުގައި އެމްއާރުއެމް އުވާލީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ މެންބަރުން ހަމަނުވެ، މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި ވެެސް މެންބަރުން ހަމަނުކުރެވުމުންނެވެ.އާ ސިޔާސީ ޕާޓީއެއް ހައްދަވާކަން މައުމޫން އިއުލާނު ކުރެއްވީ ޖަނަވަރީ 31، 2019 ގައެވެ. އަދި ފެބްރުއަރީ 10، 2019 ގައި އެމްއާރްއެމް އުފައްދަން ހުށައެޅި އެވެ.އެ ހުއްދަ ކޮމިޝަނުން ދިނީ އޭގެ ނުވަ ދުވަސް ފަހުން ފެބްރުއަރީ 19، 2019 ގައެވެ.