ޚަބަރު
ނޮވެންބަރު 3 ގެ ޝަރަފުގެ އައްޑަނަ މައުމޫނަށް އަރުވައިފި
ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނޮވެންބަރު 3ގެ ޝަރަފުގެ ހާއްސަ އައްޑަނަ އަރުވައިފި އެވެ.

އެ މަނިކުފާނަށް އައްޑަނަ އެރުވީ ނަސްރުގެ ދުވަސް ފާހަގަ ކުރަން މިހާރު ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނައަކީ ނޮވެންބަރު 3، 1988 ގައި މައުމޫންގެ ވެރިކަމުގައި ކުރިމަތިވި އުދުވާނީގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން ދިން އައްޑަނައެކެވެ.

ނަޞްރުގެ ދުވަހަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ނިރުބަވެރި ބަޔަކު ދިން ޢުދުވާނީ ޙަމަލާގައި ރާއްޖެއަށް ނަޞްރު ލިބުނު ދުވަހެވެ. ދިވެހި 6 ޚާއިނުން، ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ދިން އެ ޙަމަލާގައި 19 ދިވެއްސަކު ޝަހީދުކޮށްލާފައި ވެއެވެ.

ކުރިމަތީގައި އޮތް ބިރުވެރި ޙާލަތު އޮޅުންފިލުއްވައި، ވަޒީރުންނާއި ދިފާޢީ ވުޒާރާ އަދި ކަމާ ގުޅޭ އެންމެހައި ފަރާތްތަކަށް ދެއްވަންޖެހޭ އިރުޝާދު ދެއްވައި ވަގުތުންވަގުތަށް ރައީސް މަޢުމޫން މަސައްކަތް ފެށްޓެވި އެވެ. މިގޮތުން ބޭރުގެ އެހީ ހޯއްދެވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިވެހި ރައްޔިތުންގެ ހާލު ގާތުން ބެއްލެވުމުގެ މަަސައްކަތް ކުރައްވަމުން ގެންދެވި އެެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު