
ނިޝާން ގާޒީގެ އިއްޒަތުގެ ވެރިޔާ މައުމޫނަށް މި އައްޑަނަ އަރުވާނީ، މިއަހަރު ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ބާއްވާ ރަސްމީ ޖަލްސާގަ އެވެ. މި ޖަލްސާ އޮންނާނީ، ސޯޝަލް ސެންޓަރުގައި މާދަމާ ހެނދުނު 9 ޖަހާއިރު އެވެ.ރައީސް އޮފީހުން ބުނި ގޮތުގައި މައުމޫނަށް މި އައްޑަނަ އަރުވަން ރައީސް މުއިއްޒު ނިންމެވީ، 3 ނޮވެންބަރުގެ އުދުވާނީ ހަމަލައިގައި އޭރުގެ ރައީސްގެ ގޮތުގައި ހުންނަވާ އެމަނިކުފާނު ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުތަކުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކުރެއްވުމުގެ ގޮތުންނެވެ.ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ 8 ބޭފުޅުންނެވެ. އަދި އާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.މާދަމާގެ ޖަލްސާގައި މުއިއްޒު ގައުމާ މުހާތަބުކުރައްވާނެ ކަމަށާއި އެ ޖަލްސާގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވާހަކަދައްކަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.