
ނަން ހާމަނުކުރާ ފަރާތާ ހަވާލާދީ އިންޓަފެކްސް ނިއުސް އެޖެންސީން ބުނެފައިވަނީ ސީރިއާގެ ރައީސް އަލްއަސަދު މޮސްކޯއަށް ވަޑައިގެންފައިވާކަމަށެވެ. އަދި ރަޝިޔާއިން ބައްޝާރަށާއި އޭނާގެ އާއިލާއަށް ހިމާޔަތް ދީފައިވަނީ އިންސާނީ ސަބަބުތަކާހުރެ ކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ.ރަޝިއާގެ ގައުމީ ޓީވީން ވެސް ވަނީ ބައްޝާރު ރަޝިއާގައި ހުންނެވިކަން ރިޕޯޓުކޮށްފަ އެވެ."ސޫރިޔާގެ ރައީސް އަސަދާއި އޭނާގެ ޢާއިލާ ވަނީ މޮސްކޯއަށް ދަތުރު ކޮށްފައި. އިންސާނިއްޔަތު ކަން އިސްކޮށް ރަޝިޔާއިން ވަނީ އެ ބޭފުޅުންނަށް ޙިމާޔަތް ދީފައި،" ރަޝިޔާގެ އިންޓަރފެކްސް ނޫސް އޭޖެންސީއަށް މައުލޫމާތު ދެމުން ރަޝިޔާ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ މަސްދަރުތަކުން ބުންޏެވެ. ބައްޝާރު ގައުމު ދޫކުރައްވައި ވަޑައިގެން މިހާރު ވަނީ ވެރިކަން ދޫކޮށްލައްވާފަ އެވެ. އޭނާއަށް މިހާލަތު ޖެހިވަޑައިގަތީ ރައްޔިތުންގެ ނުގަބޫލުގައި ވެރިކަމުގައި ދެމިހުންނަަވަން ހަދައިގެންނެވެ.