ޚަބަރު
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 12 އަހަރަށް ޖަލަށް
ކުޑަކުއްޖަކާ ބެހުނު މީހަކު 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކުރީ ރ. މާކުރަތު، އިމޭޖް، މުޙައްމަދު ދާއޫދުގެ މައްޗަށެވެ.

އޭނާއާ ދެކޮޅަށް ދައުލަތުން ދެ ދައުވާއެއް ކުރިއެވެ. އެއީ، ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވާގޮތުން، ފޯނުގައި އޮރިޔާން މަންޒަރު ހިމެނޭ ފޮޓޯއާ ވީޑިއޯ ގެންގުޅުނު ކަމަށް ބުނެ ކުރި ދައުވާ ސާބިތެއް ނުވެއެވެ.

އެކަމަކު، ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 12 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ.

މިއީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ ހުކުމުގެ ތަފްސީލެއް ކޯޓުން ހާމައެއް ނުކުރެ އެވެ. އެކަމަކު މި މައްސަލައިގައި ކޯޓުގައި ދައުވާކޮށްފައިވަނީ 2021 ވަނަ އަހަރު އެވެ.

ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުުރުމުގެ ގާނޫނު އޮންނަ ގޮތުން ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލައިފި ނަމަ، އެ މީހަކު 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު