ޚަބަރު
ރައީސް ކެޔޮޅުންނާ ބައްދަލުކުރައްވައި، ޒަމާނީ ޓެކްނޮލޮޖީން ދާއިރާ ކުރިއަރުވަން މަޝްވަރާކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކެޔޮޅުންނާ ބައްދަލުކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި އޮޑިފަހަރުތަކުގެ ކެޔޮޅުންނާ ރައީސް ބައްދަލުކުރެއްވުމުން، ކެޔޮޅުން ވަނީ މަސްވެރިކަމުގެ ސިނާއަތުގައި މިހާރު ހުރި ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށްފައެވެ.

ރައީސް އޮފީހުން ބުނީ މަސްވެރިކަމުގެ ސިނާއާތުގައި ރަނގަޅުކުރަން ބޭނުންވާ ކަންކަމާއި، އެ ސިނާއަތުގައި ހުރި ކަންބޮޑުންވުންތައް އެ ބައްދަލުވުމުގައި ކެޔޮޅުން ރައީސްއާ ހިއްސާކުރި ކަމަށެވެ. މަހުގެ އަގު ދަށް ކަމާއި ފައިސާ އާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި މަސްކިރުމުގައި ހުރި ގޮންޖެހުންތައް ވެސް، ކެޔޮޅުން ރައީސްއާ ހިއްސާކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ސަރުކާރުން މަސްވެރިންނާ ގާތުން އެމީހުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ގޮތަށް މަސައްކަތް ކުރާނެ ކަމަށެވެ.

ފެލިވަރާއި ކޫއްޑޫގައި ހިންގާ މަސް ފެކްޓަރީ، ވަކި ދެ ކުންފުންޏެއްގެ ދަށުން ހިންގާ ތަނަކަށް ބަދަލުކޮށްދިނުމަށް ވެސް ކެޔޮޅުން ވަނީ ރައީސްގެ އަރިހުގައި އެދިފަ އެވެ.

"ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ފަރާތުން ލިބުނު ހިޔާލާއި، އަދި ރައީސަށް ވަރަށް ގިނަ ކަންކަން އޮޅުންފިލައިފި ކަމަށް ވެސް ވިދާޅުވި. އަދި އެއީ މީގެ ކުރިން ރައީސްއާ ހަމައަށް ތިލަ ނުވެ ހުރި މައުލޫމާތުތައް ކަމަށް ވެސް ވިދާޅުވި،" އޭނާ ބުންޏެވެ.

އެ ބައްދަލުވުމުގައި ކެޔޮޅުން ފާހަގަކުރި ކަންކަން ވަރަށް 'ސީރިއަސް' ގޮތެއްގައި ބައްލަވައިގެން އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަން މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މުސްތަގްބަލުގައި ވެސް މިއަދު ބޭއްވުނު ފަދަ ގިނަ ބައްދަލުވުންތަކެއް ބާއްވަން މަސައްކަތް ކުރައްވާނެ ކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު