ޚަބަރު
ގާނޫނާ ހިލާފު ކަންތައްތައް ކުރަމުންދިޔަ ގިނަ އަދަދެއްގެ ޓެލެގްރާމް ޗެނަލް ހުއްޓުވައިފި
ގާނޫނާ ހިލާފު ކަންތައްތައް ކުރުމަށް ޓެލެގްރާމްގައި ހިންގަމުންދިޔަ ގިނަ އަދަދެއްގެ ޗެނަލް ހުއްޓުވައިފި އެވެ.

ފުލުހުން ބުނި ގޮތުގައި މި ޗެނަލްތަކުގައި އެކި މީހުންގެ 241،651 ފޮޓޯއާއި 86،618 ވީޑިއޯ ޕޯސްޓްކޮށްފައިވެއެވެ. އަދި 3،468 މީހުން މި ޗެނަލްތަކަށް ސަބްސްކްރައިބް ކޮށްފައިވާކަމަށް ވެސް ވަނީ ބުނެފައެވެ.

މި ގޮތުން 500 ޗެނަލް ހުއްޓުވާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި މައްސަލަތަކުގެ ތުހުމަތުގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މީގެ ކުރިން ވެސް ވަނީ މިފަދަ ބައެއް ޗެނަލްތައް ބަންދުކޮށްފައެވެ.

އެއާއެކު ފުލުހުން ވަނީ މިފަދަ ނޭދެވޭ އަމަލުތަކުގެ ޝިކާރައަކަށް ވިޔަ ނުދިނުމަށް ޓަކައި، އަމަލުތައް އިސްލާހުކޮށް ވިސްނުންތެރިކަމާއެކު ޒިންމާދާރު މީހަކަށްވުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު