ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
އުރީދޫ އާއި ވިލާ ކޮލެޖު ގުޅިގެން ތަމްރީނު ފުރުސަތުތަކެއް
މަރިޔަމް އަނާ
18 ސެޕްޓެމްބަރ 2024 - 11:02
0
comments
Tweet
Telegram
ޑިޖިޓަލް ދުނިޔެއެއްގައި އަންނަން އޮތް ޖީލު ބާރުވެރިކުރުމުގެ މަގްސަދުގައި ތަމްރީނާއި އިންޓާންޝިޕްގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން ވިލާ ކޮލެޖާއެކު ސްޓްރެޓެޖިކް ޕާޓްނާޝިޕެއް އިއުލާނުކޮށްފިއެވެ.
މި އެއްބަސްވުމުގެ ސަބަބުން ވިލާ ކޮލެޖުގެ ދަރިވަރުންނަށާއި ކުރީގެ ދަރިވަރުންނަށް އާ މަގުތަކެއް ހުޅުވި، އިންޑަސްޓްރީގެ ތަޖުރިބާކާރުންގެ ފަރާތުން ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިވެ، ހަލުވި ކަމާއެކު ކުރިއަރަމުން އަންނަ ޓެލެކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާއިން ކާމިޔާބު ކަމާއެކު ކުރިއަށް ދިއުމަށް މަގުފަހިވެގެންދާނެ ކަމަށް އުރީދޫއިން ބުނެ އެވެ.
އުރީދޫ މޯލްޑިވްސްގެ އެޗްއާރު ޑިރެކްޓަރު ފަޒްނާ މަންސޫރު ވިދާޅުވީ ވިލާ ކޮލެޖާއި ގުޅިގެން ކުރާ މި މަސައްކަތުގައި މި ދާއިރާގެ މުސްތަގުބަލުގެ ލީޑަރުން ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދީ، އަމަލީ ތަޖުރިބާއަށް މަގުފަހިކޮށްދީ، އިންޑަސްޓްރީގެ އިލްމާއި މެންޓަޝިޕް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.
"މި ކޯލަބަރޭޝަން ގެ ޒަރިއްޔާއިން މި ދާއިރާގެ މުސްތަގުބަލުގެ ލީޑަރުން ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދީ، އަމަލީ ތަޖުރިބާއަށް މަގުފަހިކޮށްދީ، އިންޑަސްޓްރީގެ އިލްމާއި މެންޓަޝިޕް ފޯރުކޮށްދެވިގެންދާނެ." ފަޒްނާ ވިދާޅުވި އެވެ.
ޓެލެކޮމިއުނިކޭޝަން އަކީ ޓެކްނޮލޮޖީއާއި ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް ހަލުވި ކަމާއެކު ކުރިއެރުމާއި އިނޮވޭޓިވް ކަނެކްޓިވިޓީ ސޮލިއުޝަންތަކަށް އޮތް ޑިމާންޑް އިތުރުވުމުގެ ސަބަބުން އެންމެ ހަލުވިކަމާއެކު ބަދަލުވަމުން އަންނަ އެއް ސިނާއަތެވެ.
ވިލާ ކޮލެޖާއެކު ކުރިއަށްގެންދާ މި ޕާޓްނާޝިޕް މެދުވެރިކޮށް އުރީދޫގެ އަމާޒަކީ މި ދާއިރާއިން ކުރިއެރުމަށް ބޭނުންވާ އަމަލީ ހުނަރާއި އިންޑަސްޓްރީގެ ވިސްނުން ދަރިވަރުންނަށް އަހުލުވެރިކުރުވުމެވެ. އެއީ އިންޓާންޝިޕް، ޓްރެއިނިން ސެޝަންތައް އަދި ޓެކްނިކަލް ތަޖުރިބާ ފޯރުކޮށްދީގެންނެވެ.
އިންޓާންޝިޕް، ޓްރެއިނިން ސެޝަންތައް އަދި ހޭންޑްސް އޮން ޓެކްނިކަލް އެކްސްޕީރިއަންސް ފޯރުކޮށްދީގެން، މި އިނީޝިއޭޓިވްގެ ސަބަބުން ދަރިވަރުން މަސައްކަތުގެ މައިދާނަށް ނެރެދީ، މުސްތަގުބަލުގައި އަންނަ ކުރިއެރުންތަކަށް އަހުލުވެރިވެ، ގައުމުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކުދިންކަން ކަށަވަރުވެގެންދާނެ ކަމަށް އުރީދޫ އިން ބުނެ އެވެ.
އުރީދޫ މޯލްޑިވްސްއަށް ޓެލެކޮމިއުނިކޭޝަން ކެޓަގަރީން އެމްޕްލޯޔާ އޮފް ދަ އިޔާގެ ބްރޯންޒް ސްޓީވީ އެވޯޑް މިއަހަރު ވަނީ ލިބިފަ އެވެ.
ބައިނަލްއަގްވާމީ މި އެވޯޑަކީ މުވައްޒަފުންގެ ކުރިއެރުމަށާއި ދުޅަހެޔޮކަމާއި ހުނަރުވެރިކަން ކުރިއެރުވޭނެ މާހައުލެއް ގާއިމުކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތް ފާހަގަކޮށްދޭ އެވޯޑެކެވެ.
ކުރިއެރުމާއި، މަސައްކަތާއި ދިރިއުޅުމުގެ ބެލެންސް އަދި ދެމެހެއްޓެނިވި އުނގެނުމަށް މަގުފަހިކޮށްދޭ މަސައްކަތްތަކަށް އިންވެސްޓްކޮށްގެން، އުރީދޫ މޯލްޑިވްސްއިން ދަނީ އެ ކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް، ޓެލެކޮމިއުނިކޭޝަން ސިނާއަތުގައި ރާއްޖޭގެ އިތުރުން ދުނިޔޭގެ ފެންވަރުގައި ވެސް ކުރީ ސަފުގައި ފުރުސަތުތަކަށް މަގުފަހިކޮށްދެމުންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
10 ދުވަސް ކުރިން
0
އީދު އުފާ ފާޅުކުރުމަށް މުޅި ރާއްޖޭގައި އުރީދޫ ބައިވެރިވާ ހަރަކާތްތަކެއް
11 ދުވަސް ކުރިން
0
އުރީދޫގެ ފަރާތުން މި ބޮޑު އީދަށް ހާއްސަ އޮފާތަކެއް!
16 ދުވަސް ކުރިން
0
އުރީދޫ މެެދުވެރިކޮަށް ހައްޖުވެރީންނަށް ގުޅުމަށް ފަސޭހަ، ހާއްސަ އަގުތަކެއް!
2 މަސް ކުރިން
0
ރާއްޖޭގެ އެންމެ ރަނގަޅު ފިކްސްޑް ނެޓްވޯކް އެވޯޑު އުރީދޫއަށް ދިނީ ކަސްޓަމަރުން: ނިޔާޒު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އިންޑިއާ ކަނޑުން އީރާނުގެ ތެޔޮ ޓޭންކަރަކަށް އެމެރިކާ ސިފައިން އަރައިފި
2 ގަޑިއިރު ކުރިން
0
ތާރުއެޅުމަށް މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު މިރޭ ބަންދުކުރަނީ
2 ގަޑިއިރު ކުރިން
0
ކުކުޅު ފިހާރަ: ހިލޭ ކުކުޅު ކުރަނޑި ކޭސް ލިބޭ ތިންވަނަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފި
6 ގަޑިއިރު ކުރިން
0
ދަރަނި ދައްކަން ޖެހޭނީ ރައްޔިތުން ނިކަމެތި ނުކޮށް: ނަޝީދު
6 ގަޑިއިރު ކުރިން
0