ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޒުވާނުންގެ އެވޯޑަށް ނަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި
އަލީ ރާޒީ
18 ސެޕްޓެމްބަރ 2024 - 14:13
0
comments
Tweet
Telegram
މިއަހަރުގެ ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމަށް ދިން މުއްދަތު ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން އިތުރުކޮށްފި އެވެ.
ޔޫތް މިނިސްޓްރީން ބުނީ މި އިނާމަށް ނަން ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުން، އަލުން ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 14:00 ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. އެޕްލިކޭޝަން ހުށަހަޅާނީ ގޫގުލް ލިންކް ނުވަތަ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް (ސޯޝަލް ސެންޓަރ) އިންނެވެ.
އެޕްލިކޭޝަން ބަލައިގަތުން ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށެވެ. ރަށްރަށުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީގެ މެއިލް info@youth.gov.mv މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އެދިފަ އެވެ. އަދި ކުރިން އެޕްލިކޭޝަން ފުރިހަމަކުރުމަށްފަހު ހުށަހަޅާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.
ޒުވާނުންގެ އެވޯޑް ދިނުމަށް ޖަލްސާ ބޭއްވުމަށް ކުރިން ނިންމާފައި އޮތީ މިދިޔަ މަހުގެ 12 ގައެވެ. ނަމަވެސް ޔޫތް މިނިސްޓްރީން ވަނީ އެ ޖަލްސާ ފަސްކޮށްފަ އެވެ.
ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާއިރު މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 17 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
ވިޔަފާރިއާއި އިގްތިސާދު
އާޓްސް އެންޑް ކަލްޗާ - ފަންނުވެރިކަމާއި ސަގާފަތް ދިރުވުން
މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން
ދަރުމަވެރިކަން
ވޮކޭޝަނަލް ޓްރެއިނިން - ދަސްކޮށްދިނުން
ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރުން
މަސްވެރިކަމުގެ ދާއިރާ
ދަނޑުވެރިކަމުގެ ދާއިރާ
މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުން
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުން
ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން
ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރުން
ކުޅިވަރުގެ ދާއިރާއިން - ކުޅިވަރުގެ ދާއިރާއިން އާދަޔާއި ހިލާފު ހުނަރެއް ދައްކާފައިވާ ފަރާތްތައް
ފަންނިއްޔާތުގެ ދާއިރާ
ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ
ޒުވާނުންގެ އެވޯޑަށް ކުރިމަތިލެވޭނީ، 18 އަހަރާއި 35 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. މިއީ 2016 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދެމުން އަންނަ އެވޯޑެކެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 މަސް ކުރިން
0
ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ އިފްތިތާހޮށްފި
4 މަސް ކުރިން
0
ޒުވާން އާބާދީގެ 19 ޕަސެންޓް ވަޒީފާއެއް އަދާނުކުރޭ!
4 މަސް ކުރިން
0
އީޔޫގެ ޔޫތު އެމްޕަވަރމަންޓް ފަންޑަށް ގްރާންޓް އެޕްލިކޭޝަން ހުޅުވާލައިފި
4 މަސް ކުރިން
0
ޒުވާނުންގެ އިނާމު ދިނުމުގެ ރަސްމީ ޖަލްސާ ފަސްކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހަނު ހުރުމުގެ އަހުލާގް
52 ސިކުންތު ކުރިން
0
ކާޑު ލިމިޓު އިތުުރު ކުރަން ބޭނުންވާ ދަރިވަރުންނަށް ބީއެމްއެލްގެ ޕޯޓަލެއް
35 މިނެޓް ކުރިން
0
ކޮރަޕްޝަން ނައްތާލުމުގެ ނިޔަތް ރައީސްގެ އެބައޮތް
2 ގަޑިއިރު ކުރިން
0
އައިވީއެފްގެ ފުރުސަތު އިތުރު 63 މީހަކަށް
3 ގަޑިއިރު ކުރިން
0