ޚަބަރު
ޒުވާން އާބާދީގެ 19 ޕަސެންޓް ވަޒީފާއެއް އަދާނުކުރޭ!
ރާއްޖޭގެ އާބާދީގެ 19 ޕަސެންޓް މީހުންނަކީ އެއްވެސް ވަޒީފާއެއް އަދާނުކުރާ ނުވަތަ ތައުލީމް ހާސިލު ނުކުރާ ޒުވާނުން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން، ސްޓެޓިސްޓިކްސް ބިއުރޯ އިން އާއްމުކުރި މައުލޫމާތުތަކުގައި ބުނީ އުމުރުން 15-24 އަހަރާ ދެމެދުގެ ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކު ތައުލީމާއި ތަމްރީން ނުވަތަ ވަޒީފާއެއް އަދާނުކުރާ ކަމަށެވެ. އެއީ 10،414 މީހުންނެވެ.

ސްޓެޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ކޮންމެ ފަސް މީހަކުން ކުރެ އެކަކީ، ވަޒީފާ އަދާ ނުކުރާ، ތައުލީމް ހާސިލް ނުކުރާ ޒުވާނެކެވެ. އެއީ އާބާދީގެ 19 ޕަސެންޓް ނުވަތަ 10،414 ޒުވާނުންނެވެ.

މި ކެޓެގަރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އެއީ:

  • 17 ޕަސެންޓް ފިރިހެނުން

  • 22 ޕަސެންޓް އަންހެނުން

ސްޓެޓިސްޓިކްސް އޮފީހުން ބުނީ، ތައުލީމެއް ވެސް އަދި ލޭބަ ފޯސް އިން ވެސް ބޭރުގައި 14.5 ޕަސެންޓް މީހުން ތިބިއިރު، ވަޒީފާ އަދާކުރަމުން އަދި ކިޔަވަމުން އަންނަ ކަމަށް ބޯހިމެނުމުގައި ބުނެފައިވަނީ 11.1 ޕަސެންޓެވެ. ކިޔެވުމާއި ވަޒީފާގައި ވެސް ނޫޅޭ ކަމަށް ފަސް ޕަސެންޓް އަދި ކިޔަވަމުން އައި ނަމަވެސް ވަޒީފާ އަދާނުކުރާ ކަމަށް 1.2 ޕަސެންޓް ބުނެފައިވެ އެވެ.

ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ މިހާރު 515،132 އެވެ. އޭގެ ތެރެއިން ވަޒީފާ އަދާ ކުރާ މީހުންގެ ނިސްބަތް ތިން ލައްކައަށް އަރަ އެވެ. އެ މައުލޫމާތުތަކަށް ބަލާއިރު:

  • ވަޒީފާ އަދާކުރާ 171،130 މީހުންނަކީ ދިވެހިން

  • އަދި 126،386 މީހުންނަކީ ބިދޭސީން


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު