ވިޔަފާރި
އުރީދޫއިން އައިފޯން 16 އަށް ޕްރީއޯޑާ ކުރަން ހުޅުވާލައިފި
އެޕަލްއިން އެންމެ ފަހުން ބާޒާރަށް ނެރުނު އައިފޯން 16 އަށް ޕްރީއޯޑާ ކުރަން އުރީދޫ މޯލްޑިވްސްއިން ރޭ ހުޅުވާލައިފި އެވެ.

އުރީދޫގެ ލިންކެއް މެދުވެރިކޮށް އައިފޯނަށް ޕްރީއޯޑާ ކުރެވޭނެ މަގު ތަނަވަސް ކޮށްދީ، އަގުތަކާއި ހުރިހާ މައުލޫމާތެއް އެއްތަނަކުން ބަލާލެވެ އެވެ.

އުރީދޫއިން ޕްރީއޯޑަރަށް ހުޅުވައިލިއިރު އަގުތައް ފެށެނީ:

  • އައިފޯން 16 ޕްރޯ - 24،899 ރުފިޔާ
  • އައިފޯން 16 ޕްރޯ މެކްސް - 27،199 ރުފިޔާ
އައިފޯން 16 އަދި އައިފޯން 16 ޕްލަސްގެ ފީޗާތަކުގެ ތެރޭގައި މުޅިން އާ އޭ18 ޗިޕް ހިމަނާފައިވާއިރު ކެމެރާ ކޮންޓްރޯލް، އެޑްވާންސްޑް ކެމެރާ ސިސްޓަމަށް އީޖާދީ އަޕްގްރޭޑްތައް ހިމެނެއެވެ.

އަދި އެއީ އެކްޝަން ބަޓަން ބޭނުންކޮށްގެން ބޭނުންތެރި ފީޗާތައް އަވަހަށް ހޯދައި ބެޓެރީ ލައިފް އިތުރަށް ރަނގަޅުކޮށްފައިވާ މޮޑެލް ތަކެކެވެ.

އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސް އަކީ އޭ-18 ޕްރޯ ޗިޕްގެ އެހީގައި އިންޑަސްޓްރީގެ އެންމެ ކުރިއަރާފައިވާ ސީޕީޔޫ ޕާފޯމަންސް، ބޮޑު ޑިސްޕްލޭ ސައިޒް، ކެމެރާ ކޮންޓްރޯލް، އިނޮވޭޓިވް ޕްރޯ ކެމެރާ ފީޗާސް، އަދި ބެޓެރީލައިފަށް ބޮޑު ކުރިއެރުމެއް ގެނެސްފައިވާ މޮޑެލްއެކެވެ.

އެންމެ ފަހުގެ އައިފޯނުގެ މޮޑެލްތައް ބާޒާރަށް ނެރުމާއެކު އުރީދޫ އިން އަބަދު ވެސް ޕްރީއޯޑާ ކޮށްގެން ފަހުގެ ފޯނު ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ މަގު ތަނަވަސްކޮށްދެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު