ވިޔަފާރި
އުރީދޫ ކޮންޓެންޑާ ސީޒަން 2 ނިންމާލައިފި
އުރީދޫ ނޭޝަން ޗެމްޕިއަންސިޕް ކޮންޓެންޑާ ސީރީޒްގެ، ސީޒަން ދޭއް ނިންމާލައި، އިނާމުތައް ދިނުން
އުރީދޫ ނޭޝަން މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒްގެ ދެވަނަ ސީޒަން ކާމިޔާބުކަމާއެކު ނިންމާލާފަ އެވެ.

މިއީ ގިނަ ކުޅުންތެރިން ބައިވެރިވެ، ގޭމިންގެ ހުނަރުވެރިން އެއް ތަނަކަށް ގެނެސްދޭ މުބާރާތެކެވެ. މި މުބާރާތް ނިންމާލީ ރޭ އުރީދޫ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތަކުންނެވެ. 

މުބާރާތުގައި ހިމެނުނު މައިގަނޑު ދެ ކެޓަގަރީއަކީ ޕަބްޖީ މޮބައިލް އާއި އީއޭއެފްސީ24 އެވެ.


ޕަބްޖީ މޮބައިލް  ކެޓަގަރީގެ ނަތީޖާތައް:

- ޗެމްޕިއަން (7000 ރުފިޔާ): އަކަޒާޔާ އީސްޕޯޓްސް

- ރަނަރަޕް (4000 ރުފިޔާ): އީޓޫއެސް ޓީއެމް7

- 3 ވަނަ (2000 ރުފިޔާ): އޯޕީޒެޑް ސްޕޯޓްސް

- 4 ވަނަ (1000 ރުފިޔާ): ބީއެލްކޭ އީސްޕޯޓްސް

- 5 ވަނަ (500 ރުފިޔާ): ގޭމްއޯވާ އޯޓީއެފް

- އެމްވީޕީ (500 ރުފިޔާ): އޭކޭއޭ މާހާ


އީއޭއެފްސީ24 ކެޓަގަރީގެ ނަތީޖާތައް:

- ޗެމްޕިއަން (8000 ރުފިޔާ): މުޙައްމަދު ޒިޔާން އިސްމާޢީލް

- ރަނަރަޕް (4500 ރުފިޔާ): ޙުސައިން ޔަޢީޝް ޝިހާމް

- 3 ވަނަ (2500 ރުފިޔާ): މުޙައްމަދު ރާކިން

ސީޒަން 2 ނިމުނު ނަމަވެސް އުރީދޫއިން ބުނީ ފޯރިގަދަ އީސްޕޯޓްސް މުބާރާތްތައް ކުރިއަށް ރާވާފައި އެބަހުރި ކަމަށެވެ. އަދި އީސްޕޯޓްސް ކުރިއެރުމުގައި އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު