ވިޔަފާރި
އުރީދޫއިން އައިފޯން 16 ގެ ޕްރީއޯޑާއަށް މާދަމާ ހުޅުވައިލަނީ
އެޕަލްއިން އެންމެ ފަހުން ބާޒާރަށް ނެރުނު އައިފޯން 16 އަށް ޕްރީއޯޑާ ކުރަން މާދަމާ ހުޅުވާލާނެކަން އުރީދޫ މޯލްޑިވްސް އިން ބުނެފި އެވެ.

އުރީދޫއިން ބުނީ މިރޭ 00:00 އިން ފެށިގެން އައިފޯން 16 ސީރީޒް، ޕްރީ އޯޑާ ކުރެވޭނެ ކަމަށެވެ.އެ ވަގުތަށް އުރީދޫއިން ވަނީ ކައުންޓްޑައުންއެއް ވެސް ފަށައިފައެވެ.

އައިފޯން 16 އަދި އައިފޯން 16 ޕްލަސް އަކީ މުޅިން އާ އޭ18 ޗިޕް ހިމަނައިގެން، ކެމެރާ ކޮންޓްރޯލް، އެޑްވާންސް ކެމެރާ ސިސްޓަމަށް އީޖާދީ އަޕްގްރޭޑް، އެކްޝަން ބަޓަން ބޭނުންކޮށްގެން ބޭނުންތެރި ފީޗާތައް އަވަހަށް ހޯދުމަށާއި، ބެޓެރީ ލައިފް އިތުރަށް ރަގަޅުކުރެވިފައިވާ މޮޑެލް ތަކެކެވެ.

އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސް އަކީ އޭ18 ޕްރޯ ޗިޕްގެ އެހީގައި އިންޑަސްޓްރީގެ އެންމެ ކުރިއަރާފައިވާ ސީޕީޔޫ ޕާފޯމަންސް، ބޮޑު ޑިސްޕްލޭ ސައިޒް، ކެމެރާ ކޮންޓްރޯލް، އިނޮވޭޓިވް ޕްރޯ ކެމެރާ ފީޗާސް، އަދި ބެޓެރީލައިފަށް ބޮޑު ކުރިއެރުމެއް ގެނެސްފައިވާ މޮޑެލްއެކެވެ.

އުރީދޫ އަކީ ރާއްޖެއަށް އެންމެ ފަހުގެ ފޯނާއި ޓެކްނޮލޮޖީ ތައާރަފް ކުރުމުގައި އެންމެ ފާހަގަކުރެވޭ އެއް ކުންފުންޏެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު