ޚަބަރު
މަގުބޫލު ސަބަބެއް ނެތި އާންމު ތަންތަނުގައި ވަޅި ގެންގުޅުނު 2 މީހަކު ހައްޔަރުކޮށްފި
މަގުބޫލު ސަބަބަކާ ނުލައި އާންމު ތަނެއްގައި ވަޅި ގެންގުޅު ދެ މީހަކު 15 ދުވަހަށް ބަންދުކޮށްފި އެވެ.

މި ދެމީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

ބަންދު އަމުރުގައިވާ ގޮތުން މި ވަޅި އަކީ އެމީހުން ލަގްޒަރީ ފިޖާރައިން ގަނެގެން ދިޔަ ވަޅިއެކެވެ. އެތަނުން ވަޅި ގަތް ކަމިގެ ސްލިޕް ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.

އަމުރުގައިވާގޮތުން ވަޅި ގަތުމަށްފަހު މި ދެމީހުން ވަނީ ރޫޓް ފިހާރައަށް ވަދެ ޒިޕޯ ފްލުއިޑް ގަނެފައެވެ. އަދި މިގަތްކަމުގެ ސްލިޕްވެސް ވަނީ ހުށަހަޅާފައެވެ.

ވަޅި ގަތް ސީދާ ސަބަބެއް އަދިވެސް އެނގިފައެއް ނުވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު