ޚަބަރު
އިންޑިއާ އާއި ރާއްޖެ އަބަދުވެސް ދެމި އޮންނަން ވާނީ އެކުވެރި ދެ ގައުމުގެ ގޮތުގައި: ނަޝީދު
އިންޑިއާ އާއި ރާއްޖެ އަބަދުވެސް ދެމި އޮންނަން ވާނީ އެކުވެރި ދެ ގައުމުގެ ގޮތުގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ރައީް ޑރ. މުއިއްޒު މިއަދު ހަވީރު ވަނީ އިންޑިއާއަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅުގައި ބައެއް މީޑިއާތައް ވެސް ވަނީ ބައިވެރިކޮށްފަ އެވެ.

މި ދަތުރުފުޅާއި ދިމާކޮށް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއަކީ އެއްގޮތް ކަންތައްތަކެއް ހުންނަ ދެ ގައުމު ކަމަށެވެ. މިގޮތުން އެއްގޮތްކަންކަމުގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ މިއުޒިކާއި ފިލްމާއި ކާބޯތަކެއްޗާއި ސަގާފަތާއި ތާރީހާއި ޖިއޮގްރަފީ ފަދަ ގިނަ ކަންކަމެވެ.

މި ވެރިކަމުގެ ކުރީކޮޅު އިންޑިއާ އާއި ރާއްޖެއާ ދެމެދު ޖެހުނު މައްސަލަތަކަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ ދެ ގައުމުގެ ގުޅުން ރަނގަޅުވެ، ކަންކަން ހަމައަކަށް އެޅިފައިވާ މަންޒަރު ފެނިވަޑައިގަތުމުން އުފާ ކުރައްވާ ކަމަށެވެ.

އެކަމަށްޓަކައި ނަޝީދު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް މުއިއްޒަށް މަރުހަބާ ދަންނަވައިފަ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު