ވިޔަފާރި
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފު ކުރިމަތިލައިފި
މުހައްމަދު ޝަރީފް
ގައުމީ ބޭންކް، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯކަން ކުރިން ކުރައްވާފައިވާ މުހައްމަދު ޝަރީފް، ހުސްވެފައިވާ އެ ބޭންކުގެ ސީއީއޯގެ މަގާމަށް ކުރިމަތިލައްވައިފި އެވެ. 

ބީއެމްއެލްގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ކާލް ސްޓުމްކަ މިދިޔަ މަހުގެ 9 ގައި އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ފަހުން ގައުމީ ބޭންކަށް ސީއީއޯއެއް ހޯދަން ހުޅުވައިލީ މިދިޔަ މަހުގެ 22 ގަ އެވެ. އަދި އެކަމަށް ދިން ސުންގަޑި ހަމަވީ އިއްޔެ ވެ.

ބޭންކުގެ ސީއީއޯކަމަށް ހުޅުވާލުމުން ކުރިމަތި ހަމައެކަނި ދިވެއްސަކީ ޝަރީފެވެ. ބީއެމްއެލްގައި 25 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއވުމަށް ފަހު އޭނަ އިސްތިއުފާ ދެއްވީ 2020 ގަ އެވެ. ޝަރީފު އެންމެ ފުރަތަމަ ބީއެމްއެލްއާ ގުޅިވަޑައިގަތީ 1995 ގަ އެވެ.

ޝަރީފް ބީއެމްއެލްގެ ސީއީއޯ ކަމަށް އައްޔަންކޮށްފި ނަމަ މިއީ މިފަހުގެ ތާރީހެއްގައި ދިވެއްސަކު ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ވަޑައިގަންނަވާނެ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މުޅިން ވެސް އެ މަގާމު އަދާކުރެއްވީ ބޭރުގެ ފަރާތްތަކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު