ވިޔަފާރި
ކިޑްސް ސޭވާ އެކައުންޓުތަކަށް އިތުރު ފައިދާތަކެއް
ބީއެމްއެލްގެ ކިޑްސް ސޭވާ އެކައުންޓްގެ އިސްތިހާރެއް: ކިޑްސް ސޭވާ އެކައުންޓުތަކަށް އިތުރު ފައިދާތަކެއް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކިޑްސް ސޭވާ އެކައުންޓުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި، އެ ޕްރޮމޯޝަންގެ ދަށުން ކިޑްސް ސޭވާ ރުފިޔާ އެކައުންޓުތަކަށް ތިން އިންސައްތައިގެ ފައިދާއާއި ޔޫއެސް ޑޮލަރު އެކައުންޓުތަކަށް 3.5 އިންސައްތަ ފައިދާ ލިބޭނެއެވެ.

މިހާރު ހުޅުވާފައިވާ އެކައުންޓުތަކާއި އަލަށް ހުޅުވާ އެކައުންޓުތަކަށް ޚާއްސަ ޕްރޮމޯޝަނެއް ފަށާފައިވާއިރު، ބޮޑު އިނާމެއްގެ ގޮތުގައި ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް ކޮންމެ އެކައުންޓަކަށް 10،000 ރުފިޔާ ޖަމާކޮށްދޭނެއެވެ. އަދި، އެކްޓިވް 20 އެކައުންޓަކަށް 2،500 ރުފިޔާ ޖަމާކޮށްދޭނެ ކަމަށާއި މިއީ ކޮންމެ އަހަރަކު ދޭ އިނާމެއް ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްއިން ބުނީ އަލަށް ހުޅުވާ އެކައުންޓްތަކާއި މިހާރު ހުޅުވާފައިވާ ކިޑްސް ސޭވާ އެކައުންޓްތަކަށް ވެސް އަލަށް ކަނޑައެޅިފައިވާ އިންޓަރެސްޓް ރޭޓް އަދި ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވާ އެކައުންޓްތަކަށް ކަނޑައެޅިފައިވާ ރޭޓުން ފައިދާ ލިބޭނެ ކަމަށެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވި ގޮތުގައި، ކިޑްސް ސޭވާ އެކައުންޓުތަކަށް ބަދަލު ގެނެސް ރަނގަޅު އިނާމުތަކާ އެކު ޕްރޮމޯޝަނެއް ހިންގުމުގެ ބޭނުމަކީ މުސްތަގުބަލަށް ފައިސާ ރައްކާކުރަން ހިތްވަރު ދިނުމެވެ. އެގޮތުން، ކުރިއަށް އޮތް ޖީލުތަކަށް ފައިސާ ރައްކާކުރުމަށާއި ހަރަދުކުރުމުގައި ގެންގުޅެން ޖެހޭ މާލީ ހުނަރުތައް ދަސްކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް ނޫރައްދީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިއަދުން ފެށިގެން އަލަށް ހުޅުވާ ކޮންމެ ކިޑްސް ސޭވް އެކައުންޓަކާ އެކު ބެލެނިވެރިންނަށް ހިލޭ ރީލޯޑުކުރެވޭ މާސްޓާކާޑް ޕްރިޕެއިޑް ކާޑަށް އެދެވޭނެ ކަމަށެވެ. އެގޮތުން، ކާޑަށް ފައިސާ އަޅައި ދުވަހުން ދުވަހަށް ކުރާ ޚަރަދުތަކަށް މި ކާޑު ބޭނުންކުރެވޭނެކަން އޭނާ ފާހަގަކުރައްވާފައިވެ އެވެ.

މިއީ ކުދިންނަށް ހަރަދު ބެލެހެއްޓުމާއި ވިސްނުންތެރިކަމާ އެކު ޚަރަދުކުރުމުގެ އަސާސްތައް ދަސްކޮށްދިނުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށް ނޫރައްދީން ގަބޫލުކުރައްވަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު