ވިޔަފާރި
ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަސް ފާހަގަ ކުރުމަށް އައިކެއާއިން ހާއްސަ ހަރަކާތެއް ބާއްވަނީ
ލޮލުގެ ސިއްހަތަށް އަހުލުވެރިކުރުވަން ފާހަގަކުރާ ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަސް ފާހަގަކުރުމަށް އައިކެއާ އިން ހާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމައިފި އެވެ.

މި ހަރަކާތް އޮންނާނީ ހުކުރުދުވަހު ހަވީރު އާޓިފިޝަލް ބީޗުގަ އެވެ. މި ހަރަކާތުގައި ލޮލުގެ ސިއްހަތާ ގުޅޭ އެކި މައުލޫމާތުތައް ދިނުމާއި ޑޮކްޓަރުންނަށް ލޮލުގެ މައްސަލަތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުގެ ފުރުސަތާއި ލޯ ޗެކުކުރުމުގެ ހިދުމަތް ވެސް ދޭނެ އެވެ. އަދި މި ތަނުގައި ޑައިބެޓިކްސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން އާންމު ސިއްހަތުގެ ސްކްރީނިން ވެސް ކުރިއަށް ދާނެ އެވެ.

"ލަވް ޔޯ އައިޒް" ހަރަކާތުގައި އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށް އިސްރަށްވެހިންގެ ނާދީގެ ހާއްސަ ސްޓޯލެއް ވެސް ހުންނާނެ އެވެ. މި ސްޓޯލުން އިސްރަށްވެހިންގެ ނާދީން ކުރިއަށް ގެންދާ ހަރަކާތްތަކާއި އެ ޖަމިއްޔާގެ މައުލޫމާތާއި އެ ޖައްމިއްޔާއަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަހަކީ ލޮލުގެ ސިއްހަތާ މެދު މީހުން ހޭލުންތެރިކުރުމަށް ބައިނަލަގްވާމީ ފެންވަރުގައި ކޮންމެ އަހަރަކު ފާހަގަ ކުރާ ދުވަހެކެވެ.

މި އަހަރުގެ ލޮލުގެ ފެނުމުގެ ދުވަހުގެ ޝިއާރަކީ ކުޑަކުދިންނަށް ލޮލުގެ މުހިއްމުކަން އަންގައިދިނުމެވެ. އެގޮތުން މިއިވެންޓުގައި ކުޑަކުދިންނަށް ހާއްސަ ކޮށްގެން އެކި ހަރަކާތްތައް ކުރިއަށްދާއިރު، ފޭސް ޕެއިންޓިން، ކުލަޖެއްސުން ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ހިމެނޭނެ އެވެ.

#ލަވްޔޯއައިޒް ކެމްޕެއިނާ ބެހޭ އިތުރު މައުލޫމާތު 3321026އަށް ގުޅުމުން ލިބޭނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު