ވިޔަފާރި
އައިކެއާއިން ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކަށް ފޭސް މާސްކް ހަދިޔާކޮށްފި
މާލެއާއި ކައިރި ރަށްތަކުގައި ފެތުރެމުންދާ ނޮރޮވައިރަސްއިން ރައްކާތެރިވުމަށް އައިކެއަރއިން ހެލްތު ސެންޓަރުތަކަށާއި ހޮސްޕިޓަލްތަކަށް ފޭސް މާސްކް ހަދިޔާކޮށްފިއެވެ.

މީގެ ތެރޭގައި އައި.ޖީ.އެމް ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލްގެ އިތުރުން ކ.އަތޮޅު ދިއްފުށި, ހުރާ, ގާފަރު, ގުޅި، ތުލުސްދޫ އަދި ގުރައިދޫ ސިއްހީ މަރުކަޒު ހިމެނެއެވެ.

އައިކެއާއިން ބުނީ އެ ތަނުގެ ސީއެސްއާރު އިނީޝިއޭޓިވްގެ ދަށުން ފޭސް މާސްކު ހަދިޔާކުރީ މި ދުވަސްވަރު ނޮރޯވައިރަސް ފެތުރެމުން ދާއިރު ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓުގެ ގޮތުގައި ހެލްތު ޕްރޮފެޝަނަލުންނަށް މާސްކުގެ މުހިންމުކަން އިތުރުވެފައި ވާތީ ކަމަށެވެ.

އަދި މިއީ އެހެން ފަރާތްތަކުން ވެސް މި ދަނޑިވަޅުގައި މި ފަދަ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ރޫހު އާލާކުރުމަށް އިސްނެގުމުގެ ގޮތުން ކުރި ހަދިޔާއެއް ކަމަށް ބުންޏެވެ.

އައިކެއަރގެ އިސްނެގުމާއެކު މުޖުތަމައުއާއިއެކު ހިންގާ އިތުރު ހަރަކާތްތަކުގެ މައުލޫމާތު އައިކެއަރގެ ވެބްސައިޓް eyecare.mv ގައިވާނެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު