ވިޔަފާރި
އައިކެއަރއިން ކުޑަކުދިންގެ ހިޔާއަށް ބައެއް ސާމާނު ހަދިޔާކޮށްފި
ފޮޓޯ: މިހާރު
އައިކެއާއިން ކުޑަކުދިންގެ ހިޔާއަށް ބޭނުންވާ ބައެއް ސާމާނު ހަދިޔާކޮށްފިއެވެ. މިއީ އެ ކުންފުނީގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ހަދިޔާކުރި ތަކެއްޗެވެ.

އެ ތަކެތި ހަދިޔާކުރީ ފިޔަވަތީގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ފިޔަވަތީގެ ސީއީއޯ ޒީނާ ގާސިމާ އެ ތަކެތި ހަވާލު ކޮށްދެއްވީ އައިކެއާގެ އެޑްމިނިސްޓްރޭޓަރު އައިމިނަތު އީނާސް އެވެ.

އެ ރަސްމިއްޔާތުގައި ޒީނާ ވަނީ ފިޔަވަތީގައި އުޅޭ ކުދިންނަށް އެ ފަރުނީޗަރުތަކުގެ ބޭނުންތެރިކަން ބޮޑުކަން ފާހަގަކުރައްވައި އައި ކެއާ އަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ކުރިމަގުގައި ވެސް އައިކެއާގެ އެ ފަދަ އިތުރު އެހީތައް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދުކުރަން އައިކެއާގެ މިފަދަ އެހީތައް ކުރިމަގުގައިވެސް ލިބޭނެ ކަމަށް،" ޒީނާ ވިދާޅުވި އެވެ.

އައިކެއާ އިން ބުނި ގޮތުގައި، މުޖުތަމައަށް އެހީތެރިވުމުގެ ހަރަކާތްތަކެއް ކޮންމެ އަހަރަކު ވެސް އެ ކުންފުނިން ހިންގަ އެވެ. މިދިޔަ އަހަރު ވެސް އައިކެއާ އިން ވަނީ 'މަމްސް' ޖަމިއްޔާ އިން އެހީތެރިކަން ދޭ މީހުންނަށް އަމާޒު ކޮށްގެން ބައެއް ސާމާނު ހަދިޔާ ކޮށްފަ އެވެ.

ފިޔަވަތީގައި ބަލަހައްޓަނީ، އެކިސަބަބުތަކާ ހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންނެވެ. ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި މިހާރުވެސް 80 އަށްވުރެ ގިނަ ކުދިން އަންނަނީ ބަލަހައްޓަމުންނެވެ. މީގެތެރޭގައި އުމުރުން 5އަހަރުން ދަށުގެ ސާޅީހަކަށް ކުދިން އެބަތިއްބެވެ. ފިޔަވަތީގައި ބަލަހައްޓާނީ އުމުރުން 12 އަހަރުން ދަށުގެ ކުދިންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު