ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ކުޅިވަރު
އެފްއޭއެމްއަށް އާ ސެކްރެޓަރީ ޖެނެރަލަލު ހޯދަން އިއުލާންކޮށްފި
އަހުމަދު ނިހާން
10 އޮކްޓޫބަރ 2024 - 14:54
0
comments
މި ވަގުތު އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މަގާމުގައި ހުރި މުހައްމަދު ޖައުޝަން
Tweet
Telegram
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމަށް އާ ސެކްރެޓަރީ ޖެނެރަލަލު ހޯދަން އިއުލާންކޮށްފި އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް މީހަކު ހޯދަން އެ އެސޯސިއޭޝަން ހިންގަމުން އަންނަ ނޯމަލައިޒޭޝަން ކޮމިޓީން އިއުލާންކޮށްފައިވަނީ އެ މަގާމަށް ޝައުގުވެރިވާ އެންމެންގެ ތެރެއިން އެކަމަށް ގާބިލު ކެންޑިޑޭޓެއް ނެގުމަށް ފީފާ އިން ލަފާދިނުމުންނެވެ.
މަގާމަށް މީހަކު އައްޔަންކުރަންދެން އެ މަގާމު ފުރުއްވަނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައިވެސް ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި މުހައްމަދު ޖައުޝަން ޝަރީފް (ޖައު) އެވެ.
އެސްޖީގެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ގަވަރނަންސް ލޯ އަދި އެއާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިގްރީއެއް އޮތުމެވެ. އަދި ކުޅިވަރާއި ފުޓްބޯޅަ ހިންގުމުގެ ދާއިރާއިން ފާސް އޮންނަ މީހުންނަށް އިސްކަން ދޭނެ އެވެ. ކުރިމަތިލާ މީހުންގެ ތެރެއިން އިސްކަން ދިނުމުގައި ބަލާނެ ކަންކަމުގެ ތެރޭގައި ކުޅިވަރު ނުވަތަ ފުޓްބޯޅަ ހިންގުމުގެ ދާއިރާއިން ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން ފަސް އަހަރުގެ ތަޖުރިބާ އާއި އޭއެފްސީ އާއި، ފީފާ އަދި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ރާއްޖޭގެ ކުލަބުތަކުގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދޭނެ އެވެ.
އެސްޖީގެ މައިގަނޑު ޒިންމާ އަކީ އެފްއޭއެމްގެ މަތީ މެނޭޖްމަންޓާ އެކީ ފުޓްބޯޅައާ ގުޅުންހުރި މަސައްކަތްތަށް ކުރުމެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 މަސް ކުރިން
0
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ އާ ޗެއާމަނަކަށް ކުރީގެ ޕީޖީ މުއިއްޒު
3 މަސް ކުރިން
0
އެފްއޭއެމް ނޯމަލައިޒިން ކޮމިޓީގެ ޗެއާމަން ވަކިކޮށްފި
3 މަސް ކުރިން
0
އެފްއޭއެމްގެ އެކްޓިން ޖެނެރެލް ސެކްރެޓަރީއަކަށް ޝުޖާއު
5 މަސް ކުރިން
0
ބައްސާމުގެ މައްޗަށް އިތުރު ދެ ދައުވާއެއް ކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހުއްދަ ނެތި ކާސްޓްރޯލް ވިއްކާތީ ސަމާލުވާން އެމްޓީސީސީން އެދިއްޖެ
4 ގަޑިއިރު ކުރިން
0
ތާރު އެޅުމުގެ ކެޕޭސިޓީ އާރުޑީސީގައި މިވަގުތަކު ނެތް: މުއްތަލިބް
4 ގަޑިއިރު ކުރިން
0
ހައްޖާޖީންގެ ކާޑަށް އިތުރު 1،750 ޑޮލަރުގެ ލިމިޓެއް ދެނީ
5 ގަޑިއިރު ކުރިން
0
މި ސަރުކާރުން ނަރުހުންގެ އަޑުއަހައި އިޖާބަ ވެސް ދޭނަން: ރައީސް
5 ގަޑިއިރު ކުރިން
0